ads
އެކްސިޓެންޓުވި މަތިންދާބޯޓު
ފިލިޕީންސްގެ އަސްކަރީ މަތިންދާބޯޓެއް އެކްސިޓެންޓްވެ، 50 މީހުން މަރުވެއްޖެ
އާދިއްތަ ދުވަހު ފިލިޕީންސްގެ އަސްކަރީ މަތިންދާ ބޯޓެެއް ރަންވޭއިން ކައްސާލައިގެން ގޮސް އެކްސިޓެންޓު ވުމުގެ ސަބަބުން 50 މީހުން މަރުވެއްޖެކަމަށް އަލްޖަޒީރާ އިން ރިޕޯޓުކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި އެ މަތިންދާބޯޓުގައި 96 މީހުން ތިބިކަމަށާއި އޭގެ ތެރެއިން 49 މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ.

މި އެކްސިޓެންޓު ހިނގަން ދިމާވި ސަބަބަކީ އެ މަތިންދާބޯޓު ރަންވޭ ގައި ޖައްސަން އުޅުމުގެ ތެރެއިން ރަންވޭ މަތިން ކައްސާލުމުގެ ސަބަބުންނެވެ. މިބޯޓު ދަތުރުކުރަމުން ދިޔައީ ދެކުނު ޖޮލޯ ގައި އަސްކަރިއްޔާއިން އަބޫ ސަޔެފް އަދި އެހެން ހަތިޔާރު އެޅި ގްރޫޕްތަކާއި ހަނގުރާމަކުރަމުންދާ ސަރަހައްދަށެވެ.

އަލްޖަޒީރާއިން ފިލިޕީންސްގެ ނޭޝަނަލް ޑިފެންސް ޑިޕާޓުމަންޓާއި ހަވާލާދީ ބުނެފައިވާ ގޮތުގައި މިއެކްސިޓެންޓުގައި އާންމުންގެ ތިންމީހަކު މަރުވެ، ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވެއެވެ. އެ ޑިޕާޓުމަންޓުން ބުނާގޮތުގައި މިހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވާ މީހުންގެ ތެރޭގައި އެ ފުލައިޓުގެ 3 ޕައިލެޓުން ހިމެނެއެވެ.

ފިލިޕީންސްގެ ޑިފެންސް ސެކްރެޓަރީ ޑެލްފިން ލޮރެންޒާނާ ބުނިގޮތުގައި އެ ފުލައިޓަކީ ރަނގަޅު ހާލަތެއްގައި އޮތް އެއްޗެއް ކަމަށާއި މިހާދިސާ ތަހުގީގުކުރަން ފަށާނީ މީހުން ސަލާމަތް ކުރުމަށް ފަހުކަމަށެވެ. މީގެ އިތުރުން އެ ފްލައިޓުގެ ކުރިޔަށް އޮތް މެއިންޓޭނަންސް ހަދަން ހަމަޖެހިފައި އޮތީ 11000 ގަޑިއިރުގެ ދަތުރަށް ފަހުއެވެ.

މަންޒަރު ދުށް ފަރާތަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނާގޮތުގައި ޒަހަމްވެފައިވާ މީހުން ކައިރީ ހޮސްޕިޓަލްތަކަށް ގެންދެވިފައިވާކަމަށާއި ހާލު ސީރިއަސް މީހުން ވަނީ ޒަމްބޯއަގްނާ ސިޓީގެ ހޮސްޕިޓަލަށް ގެންދެވިފައެވެ.

އެފްލައިޓަކީ އެމެރިކާއިން މިއަހަރު ފިލިޕީންސްއަށް ހަދިޔާ ކުރި 2 އަސްކަރީ އުޅަނދުގެ ތެރެއިން އެއްއުޅަނދެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް