ads
ރައީސް ނަޝީދު
ަކަމެއް ވާއިރަށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ބޭނުމެއް ނެތް: ރައީސް ނަޝީދު
ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ފުރިހަމަ ކަމަށާއި ކަމެއް ވާއިރަށް ބޭން ޖަހާފައި ބޭރު ގައުމުތަކަށް ބޭސް ފަރުވާއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކްލަބްހައުސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ފަރުވާ ދެއްވުމަށް އޭޑީކޭގައި ހަރަކާތްތެރިވި ހުރިހާ ޑަކްޓަރުންނަށާއި ނަރުހުންގެ އިތުރުން ހޮސްޕިޓަލުގެ ސްޓާފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އަބްދުއްރަހްމާން ދޮން ކަލޭގެފާނު ހޮސްޕިޓަލް ނުވަތަ މިހާރުގެ އޭޑީކޭއިން ފަރުވާ ދިން ގޮތް ވަރަށް ކަމުދާ ކަމަށާއި އޭޑީކޭ ޑޮކްޓަރުން ދިން ފަރުވާ ފެނިފައި ޖަރުމަނުގައި އެމަނިކުފާނު ބެއްލެވި ޑަކްޓަރުންވެސް އަޖައިބުވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދުނިޔޭގައި މިއަދު ހުންނެވީ އޭޑީކޭގެ ޑޮކްޓަރުން ކުރެއްވި ބުރަ މަސައްކަތުން ކަމަށާއި އެ ބޭފުޅުންގެ ކުޅަދާނަކަން ފެނިފައި ފިތްކަނޑައިގެން ދިޔަ ކަމަށެވެ. 

"އަޅުގަނޑު ފިއްކަޑައިގެން ދިޔައީ އެބޭފުޅުންގެ ކުޅަދާނަކަން ފެނިފައި. ތަންތަން ފަހާފައި ހުރި ގޮތްވެސް ހާދަ ރީއްޗޭ އިނގޭތޯ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް އިތުރު ފަރުވާ ހޯއްދަވަން ވަޑައިގަތީ އާއިލާއިން ބޭނުން ވުމުން ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެތައް ފަހަަރަކު އެކަން ނުކުރުމަށް އާއިލާގެ ކިބައިން އެދިފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ފުރިހަމަ ކަމަށާއި ކަމެއް ވާން އިރަށް ބޭން ޖަހާފައި ބޭރު ޤައުމުތަކަށް ބޭސް ފަރުވާއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވީ ރާއްޖެއިން ފަރުވާ ނުލިބޭތީ ނޫން ކަމަށެވެ. އަދި އެގައުމުގައި ހުންނެވީ އާއިލާއާއެކު ވަގުތު ހޭދަކޮށްލައި، ސިޔާސީ މަސްރަހުން ދުރަށް ޖެހިލަން ބޭނުންވާތީ ކަމަށެވެ.

ރައީސް ނަޝީދަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަތީ ޖަރުމަނުގައި ވެސް ފަރުވާ ހޯއްދެއްވުމަށްފަހުގައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް