ads
މިޔަންމާގެ ރައްޔިތުން ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަނީ
ޓެލެކޮމް ކުންފުނިތަކުގެވެރިން ގައުމުން ބޭރުވުން މަނާކޮށްފި
މިއަންމާގައި ވެރިކަންކުރާ އަސްކަރީ ޖެނެރަލުން ޓެލެކޮމް ކުންފުނިތަކުގެ ވެރިން މިޔަންމާއިން ބޭރުވުން މަނާކޮށްފިއެވެ.
Advertisement

މިކަން މަނާކޮށް އަސްކަރީ ޖެނެރަލުން ވަނީ ޓެލެކޮމް ކުންފިނިތަކަށް ލިޔުމެއް ފޮނުވާފައިއެވެ. އެ ލިޔުމުގައި ވާ ގޮތުން އަސްކަރިއްޔާގެ ހާއްސަ ހުއްދައާއި ނުލައި އެއްވެސް ޓެލެކޮމް ކުންޏެއްގެ ސީނިއާ ފެންވަރުގެ މީހަކަށް މިޔަންމާއިން ބޭރު ނުވެވޭނެކަމަށެވެ.

މި ލިޔުމުގައި އިތުރަށްވާ ގޮތުގައި އަސްކަރީޔާއިން އިންސްޓޯލް ކުރަން އަންގާފައިވާ ޓެކްނޮލޮޖީ ޖުލައި ފަހެއް ގެ ކުރިން އިންސްޓޯލްކޮށް ނިންމާ ބޭނުންކުރެވޭނެ ގޮތް ހަދަން ޖެހޭނެކަމަށާއި މި ޓެކްނޮލިޖީއިން މީހުންގެ ކޯލްތައް ރިކޯޑްކޮށް މެސެޖްތައް ބަލާ، އެމީހުން ވަދެ އުޅޭ ވެބްސައިޓްތައް ލިސްޓް ކުރުވެން ޖެހޭނެކަމަށެވެ. މީގެ އިތުރުން އެމީހުން ތިބިތަނެއްވެސް މި ޓެކްނޮލިޖީއިން ފެންނަންޖެހޭނެކަމަށެވެ.  

މިއަންމާގެ ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓު މީހަކު ލީކު ކުރި ލިޔުމެއްގައި ބުނެފައި އޮތީ މިއަންމާގެ ރައްޔިތެއް ނުވަތަ ބޭރު ގައުމެއްގެ މީހަކު ނަމަވެސް ޓެލެކޮމް ޑިޕާޓްމަންޓްގައި ސީނިއާ މަގާމެއް އަދާކުރާ ނަމަ ގައުމުން ބޭރު ވެވޭނީ ހާއްސަ ހުއްދައެއް ހޯދައިގެން ކަމަށެވެ.

އަންސަން ސޫކީގެ ވެރިކަން ވައްޓާލުމަށް ފަހު އަސްކަރިއްޔާއިން ވަނީ ގައުމާ ހަވާލުވެފަ އެވެ. އަސްކަރީ ވެރިކަމާ ދެކޮޅު ހެދުމަށް ރައްޔިތުން މަގުތަކަށް ނިކުތުން ބޮޑު މައްސަލައަކަށް ވެފައި ވާއިރު މީހުންނައް ފާރަލައި ޖާސޫސް ކުރަން ބޭނުންވާ ޓެކްނޮލޮޖީ އިންސްޓޯލް ކުރަން ކުންފުނިތަކަށްވަނީ އަންގާފައެވެ.

މިކަމުގެ ސަބަބުން އާންމުންގެ ފާޑު ކިޔުން ޓެލެކޮމް ކުންފުނިތަކަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް މި ކުންފުނި ތަކުން ތިބީ ސަރުކާރު ކުރިމަތި ކުރުވަމުންދާ ފިއްތުންތަކުން ވަރަށް ބޮޑަށް ޖެހިލުންވެފައެެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް