ads
ކަރަން އާއި އޭނާ ގެ އާ ފިލްމުން ފެނިގެންދާ ތަރިން
ކަރަންގެ އެންމެ ފަހުގެފިލްމުން ޖަޔާ، ދަރުމިންދަރު އަދި ޝަބާނާ ފެނިގެންދަނީ
ކަރަން ޖޯހަރު ހަދަން ނިންމާފައިވާ އާ ފިލްމު "ރޮކީ އޯރު ރާނީ ޕްރޭމް ކަހާނީ" ގެ ކާސްޓުން އިއުލާނުކޮށްފިއެވެ.

ކަރަން ޖޯހަރު ހަދަމުންދާ ލޯބީގެ މަޖާ ފިލުމުގެ ކާސްޓުންގެ ގޮތުގައި ހޮވާފައި ވަނީ ރަންވީރު ސިންގު، އާލިއާ ބަޓް، ޖަޔާ ބައްޗަން، ދަރުމެންދުރާ އަދި ޝަބާނާ އަޒްމީއެވެ.

މިކަން އިއުލާނުކޮށް ކަރަން ޖޯހަރު ވަނީ ޓްވީޓާގައި ފިލްމުގެ ކުޑަ ވީޑިއޯ ކޮޅެއް ޝެއާ ކޮށްފައެވެ. 

މި ވީޑިއޯ ކޮޅުން ފެންނަ ގޮތުގައި ޖަޔާ ބައްޗަން އަދި ދަރުމެންދުރާ ފެނިގެން ދާނީ ރަންވީރު ސިންގުގެ ކާފަ އާއި މާމަގެ ގޮތުގައިއެވެ. ޝަބާނާ އަޒްމީ ފެނިގެންދަނީ އާލިއާ ބަޓްގެ މާމަގެ ގޮތުގައެވެ. 

މީގެ ކުރިންވެސް ރަންވީރު ސިންގާއި އާލިއާ ބަޓް ވަނީ އެކުގައި ފިލްމެއްގައި ހަރަކާތްތެރިވެފައެވެ. "ގަލީ ބޯއީ" ވެގެންގޮސްފައިވަނީ އާންމުންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވާ ފިލްމަކަށެވެ.  

މި ފިލްމުވެގެން ދާނީ ޖަޔާ ބައްޗަން، ދަރުމެންދުރާ އަދި ޝަބާނާ އަޒްމީ ގިނަ ދުވަސްތަކެއް ފަހުން ފިލްމީ ދާއިރާއިން  ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް