ads
ކުއްޖާ މަރާލާތަން ފެންނަ ވީޑިއޯގެ މަންޒަރެއް
ކުޑަ ކުއްޖެއް ކައިވެނިކުރަން ދެކޮޅު ހެދުމުން ބަޑިޖަހައި މަރާލައިިފި
ސީރިއާގައި ކުޑަ އަންހެން ކުއްޖެއް ކައިވެނިކުރަން ދެކޮޅުހެދުމުން ބަޑިޖަހައި މަރާލައިފި އެވެ.
Advertisement

ކުޑަކުއްޖާ ގަޔަށް ބަޑިޖަހައި މަރާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އަރަބި ދުނިޔެއަށް ދިޔައީ ކުއްލި ޝޮކެއް ލިބިގެންނެވެ. ވީޑިއޯ ފުރަތަމަ ދައުރުވާން ފެށިއިރު ގިނަ ބަޔަކަށް އެއީ ކޮން ގައުމެއްގެ ކިހާ ހިސާބެއްގައި ހިނގި ހާދިސާއެއް ކަމެއް ނޭނގެއެވެ. 

ނަމަވެސް ސީރިއާގެ ބައެއް މީޑިއާތަކާއި ހަވާލާދީ ގަލްފް ނިއުސްއިން ރިޕޯޓްކުރާގޮތުގައި އެ ކުޑަކުއްޖާ މަރާލައިފައިވަނީ ސީރިއާގެ އަލް ހަސަކާ ގަވާނޮރޭޓް ސަރަހައްދުގެ މީހުން ނޫޅޭ ހިސާބެއްގައި ހުރި ގެއެއްގަ އެވެ. ކުއްޖާ މަރާލާފައިވަނީ އޭނާގެ ދެބެއިންގެ ދެދަރި ކުއްޖަކާއި ކައިވެނިކުރަން ދެކޮޅު ހެދުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަޅު ގެއެއްގެ ތެރޭގައި 10 ޒުވާން ފިރިހެނުން އޮޓޮމެޓިކް ރައިފަލަުން އެ ކުއްޖާއަށް އަމާޒުކޮށް ހަމަލާދިން އިރު އެ ކުއްޖާ ގިނަ އިރުވަންދެން ސަލާމަތައް އެދި ތެޅި ތެޅި އޮތް މަންޒަރު އެވީޑިއޯއިން ފެނެއެވެ. އެތަނުން ޒުވާނަކު "އޭނާ ބޮލަށް ބަޑިޖަހާ" ކިޔާ އަޑު ވީޑިއޯއިން އިވިގެންދެއެވެ. އަދި އޭނާ އެހެން ބުނުމާއެކު އޭނާ ބުނި ގޮތަށް ކުއްޖާގެ ބޮލަށް މީހަކު ބަޑިޖެހުމުން ހަރަކާތް ހުއްޓި އެކުއްޖާ މަރުވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

އެ ހާދިސާއާއި ގުޅޭ ގޮތުން އުތުރު ސީރިއާގެ ސަލާމަތީ އިދާރާތަކުން ރަސްމީ ސިފައެއްގައި ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް އެގައުމުގެ ސެންޓާ ފޯ ރިސާޗް އެންޑް ޕްރޮޓެކްޝަން އޮފް ވުމެންސް ރައިޓްސް އިން ވަނީ ސެކިއުރިޓީ އޮފިޝަލުންނާއެކު އެ ހާދިސާ ހިނގިކަން ކަށަވަރުކޮށްދީފަ އެވެ. އެ ސެންޓަރުން ބުނީ ހާދިސާ ހިނގީ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުގެ ތިން ދުވަސް ކުރިން ކަމަށެވެ. 

އެ ކުއްޖާ މަރާލުމުގައި ބައިވެރިވި ކުއްޖާގެ ބައްޕަ، ބޭބެގެ އިތުރުން ދެބައިންގެ ދެދަރި މީހެއް ހޯދަމުންދާއިރު އެމީހުން އަދި ހައްޔަރު ކުރެވިފައިނުވާކަމަށް އެ ސެންޓަރުން ބުނެއެވެ. 

އެކްޓިވިސްޓުން ބުނާ ގޮތުގައި އެ ކުއްޖާއަކީ 13-16 އަހަރާއި ދެމެދު އުމުރުފުރައެއްގެ ކުއްޖެކެވެ.  އެ ކުއްޖާ މަރާލީ ދެބެއިންގެ ދެދަރި ކުއްޖަކާއި ކައިވެނި ކުރަން ދެކޮޅުހެދުމުން ކަމަށާއި އެ ކުއްޖާ މަރާލުމުގައި ކައިވެނި ކުރުވަން އުޅުނު ކުއްޖާވެސް ބައިވެރިވިކަމަށް އެކްޓިވިސްޓުން ބުނެއެވެ.

4%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
82%
ސަތޭކައަކުން ސުމެއް
1%
ވަރަށް ސަލާމް
ކޮމެންޓްސް