ads
އުރީދޫ ސުޕާނެޓް މިހާރު ހދ.ނެއްލައިދޫއިން
އުުރީދޫ މޯލްޑިވްސްގެ ފިކްސްޑްބްރޯޑްބޭންޑް ހދ. ނެއްލައިދޫއަށް
1 ޖީބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހދ. ނެއްލައިދޫއަށް މިއަދު ތައާރަފްކޮށްފިއެވެ.

މިކަން ހާމަކޮށް އުރީދޫއިން ނެރުން ނޫސް ބަޔާނުގައިވާ ގޮތުގައި ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ހދ. ނެއްލައިދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެކަމަށާއި ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ސުޕަނެޓް 50އެމް އަދި 100އެމް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލައިވް ޕްރީމިއަމް ކޮންޓެންޓްއަށް 1މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބިގެންދާކަމަށެވެ.

"ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކާ. ނެޓު ހެޔޮ މަޝްރޫގެ ދަށުން ދާދި ފަހުން ގެނައި ބަދަލުތަކާއެކު ސުޕަނެޓް ޕެކޭޖްތަކަކީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް. %100 އާއި ހަމައަށް އިތުރު ޑޭޓާ، ޑޭޓާ ރޯލް އޯވަގެ އިތުރުން ޑޭޓާ ހުސްވުމުން ލިބޭ ސްޕީޑްވެސް 2 ގުނައަށްވަނީ އިތުރުކުރެވިފަ. މިއަދު ސުޕަނެޓްގެ ޚިދުމަތް ހދ. ނެއްލައިދޫއަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ނެއްލައިދޫގެ ރައްޔިތުންނަށް ހުޅުވާލެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވިއެވެ.

މިޕެކޭޖް ތަކާއި ގުޅޭ އެންމެފަހުގެ މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބިގެންދާނެއެވެ. 

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް