ads
ސޯނަމްއާއި އޭނާގެ ފިރިމީހާ އަދި އަނިލް ކަޕޫރު--
ރާއްޖޭގައި ހުރި ސޯނަމްގެ ފިރިމީހާއަށް އަނިލް އަންގަނީ ބަލައިގެން އުޅެން
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ އަދި ސޯނަމްގެ ކޮއްކޮ ރިއާ، އާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެއްޖެ އެވެ.
Advertisement
ބޮލީވުޑުގެ މަޝްހޫރު ބަތަލު ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ އަދި ސޯނަމްގެ ކޮއްކޮ ރިއާ، އާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެއްޖެ އެވެ.

ބ. އަތޮޅުގައި އޮންނަ ސޮނެވާފުށީގައި އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނައިރު މި ޗުއްޓީގެ ފޮޓޯއާ ވީޑިއޯތައް ވެސް އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.

ސޯނަމްގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ އަނަންދު ވެސް މިވަނީ މި ދަތުރުގެ ފޮޓޯ ސޯޝަލް މީޑިއާއަށް އާންމުކޮށްފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު އަނަންދު ވަނީ އޭނާ ޕޫލަށް ޑައިބެއް ޖަހާ ވީޑިއޯއެއް އިންސްޓަގްރާމަށް ދޫކޮށްލާފައެވެ. އެއާއެކު ގިނަ އަދަދެއްގެ ފިލްމީ ތަރިން ވެސް އެ ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާއިރު އޭގެ ތެރޭގައި ސޯނަމްގެ ބައްޕަ ވެސް ހިމެނެ އެވެ.

ސޯނަމްގެ ބައްޕައަކީ އަށްޑިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ވިދާލި އަދި މިހާރުވެސް ބޮޑު މަގްބޫލުކަމެއް ލިބެމުން އަންނަ އަނިލް ކަޕޫރެވެ. އެ ވީޑިއޯ އަނިލްއަށް ކަމުދިޔަ ނަމަވެސް ބަލައިގެން އުޅުމަށް އަނިލް ވަނީ އަނަންދަށް ނަސޭހަތްތެރިވެފަ އެވެ.

އެމީހުން ރާއްޖެ އައީ ރިއާގެ ލޯބިވެރިޔާ ކަރަންގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ. އެގޮތުން އެމީހުންގެ ރައްޓެހިންވެސް ދަތުރުގައި ބައިވެރިވެ އެވެ.

ރިއާއަކީ ފިލްމުތަކުގައި އެކްޓް ނުކުރިނަމަވެސް ފިލްމީ ދާއިރާއާ މުޅިން ދުރުގާ އުޅޭ ފަރާތެއް ނޫނެވެ. އެގޮތުން ފިލްމު ޕްރޮޑިއުސް ކުރުމުގެ އިތުރުން އޭނާ އަންނަނީ "ރިއާސޮން" ގެ ނަމުގައި ފެޝަން ލައިނެއް ވެސް ހިންގަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް