ads
ކެމިކަލް މެނޭޖްކުރާ އެއްބަސްވުމުގައި ސޮއިކުރުން
މާލެސަރަހައްދުގައި ކެމިކަލް މެނޭޖްކުރާ ފެސިލިޓީއެއް ހަދަނީ
މާލޭ ސަރަހައްދުގައި ކެމިކަލް މެނޭޖުކުރާ ފެސިލިޓީއެއް ގާއިމުކުރުމަށް ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފެސިލިޓީއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީތެރިކަމާއި އެކު މިިދިޔަ އަހަރު ފެށި މަޝްރޫއެއް ކަމަށްވާ "އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" ގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ފެސިލިޓީއެކެވެ.

އެންވައިރަމެންޓް މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގައި، މިމަސައްކަތް ކުރުމަށް ޖަރުމަނު ވިލާތުގެ ފިޗްނާ އާއި ވަނީ ހަވާލުކޮށްފައެވެ.

އަދި އެކުންފުނީގެ ފަރާތުން ސަބް ކޮންސަލްޓަންޓެއްގެ ގޮތުގައި ރިނިއުބަލް އެނަރޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވަނީ ކަނޑައަޅާފަައެވެ.

މިމަސައްކަތްކުރުމަށް އެކުލަވާލި އެއްބަސްވުމުގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި ފިޗްނާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކިޓިވް ޑިރެކްޓަރު އެލެކްސެންޑަރ ބޯމްއެވެ. 

1.6 މިލިއަން ރުފިޔާއަށް މި ކޮންސަލްޓެންސީ ހަވާލުކުރެވިފައިވާއިރު، މަސައްކަތް ނިންމުމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ 6 މަސް ދުވަހެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް