ads
ހުޅުމާލެ
ހުޅުމާލެއަކީ ސްމާޓް، ތިމާވެއްޓާއި ރައްޓެހި ފަހި ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރަނީ
ހުޅުމާލެ ޑިވޮލޮޕަމެންޓް ކޯޕަރޭޝަނުން ކުރިއަށްގެންދާ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ދަށުން ހުޅުމާލެއަކީ ސްމާޓް، ތިމާވެއްޓާ ރަށްޓެހި ފަހި ސިޓީއަކަށްހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

ގްރޭޓާ މާލެ ސަރަހައްދަކީ ދިވެހިރައްޖޭގެ އާބާދީގެ ނިސްބަތުން އެންމެ މީހުން ގިނަ ކާރުބާރު ބޮޑު ސަރަހައްދު ކަމށާއި، ވޭތުވެދިޔަ 30 އަހަރަށް ބަލާއިރު މާލެ ސިޓީގެ މުޖްތަމައަށާއި ދިރިއުޅުމަށް ވަނީ އެތައް ބަދަލުތަކެއް އައިސްފައި ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. 

ކުރިން މަދު ސައިކަލާ ކާރުފަދަ ވެހިކަލްތަކުން ދަތުރުފަތުރުގެ ކަންކަން ކުރަމުންއައި މާލޭގައި މިހާރުމިވަނީ މަގުމަތިފުރި ވެހިކަލް ދުއްވުމާއި ހިގުން އަދި ނޭވާލުމަށްވެސް ދަތިވާ ހިސާބައްގޮަސްފައެވެ. 

ދުނިޔޭގައި ދަތުރުފަތުރުން އުފެދޭ ގްރީންހައުސް ގޭހުގެ 95 އިންސައްތައަކީ ކާބޮންޑައިއޮކްސައިޑްއެވެ. އެހެންކަމުން މިގޭސްތައް އުފެދުމާއި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް އެކޯޕަރޭޝަނުން ބުނެފައިވެއެވެ. އަދި އެފިޔަވަޅު ތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ތަކަށްވެސް އެދެވޭ ބަދަލުތަކެއް އަންނާނެކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

މުޖްތަމައުގައި އާބާދީ ގިނަވާވަރަކަށް އުފެދޭ ކުނިގިނަވެގެންދާކަމާއި، ކުނިއެއްކުރުމާއި ނައްތައިލުމަށް  އެކަށޭނެ ނިޒާމުތަކެއް ގާއިމް ކުރެވިފައިވީނަމަވެސް އާބާދީ ގިނަވެގެންދާމިންވަރާ ކުނިއެފެދޭ މިންވަރަށް ބަލާއިރު އަދިވެސް މިހާރަށްވުރެ ހަރުދަނާ ރަގަޅު ނިޒާމްތަކެއް ގާއިމްކުރުން ވަރަށް މުހިންމުކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. 

އެކޯޕަރޭޝަނުން އިތުރަށް ބުނީ ޕޮލިއުޝަން ނުވަތަ ވައިނުސަފުވުން ކުޑަކުރުމުގައި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށް ވައިގެ ކޮލެޓީ، ހަކަތަ ބޭނުންކުރާވަރު އަދި ފެނާ ކަރަންޓު އަދި އުފެދޭ ކުނި މޮނީޓާ ކޮށްގެން އެމިޝަންސް 10-15  އިންސައްތަ މަދުކުރެވިދާނެ ކަމައެވެ. ސެންސަރު އަދި ކެމެރާތަކުން ޑޭޓާގެ އެހީގައި މިކަންތައް މޮނީޓާ ކުރެވި އެމައުލޫމާތުގެ އަލީގައި ބޭނުންތެރި ހައްލު ހޯދޭނެ ވަސީލަތްތަކާއި، ހިދުމަތްތައް ގާއިމްކުރުމުން އިސްރާފުކުޑަ، މަދުހަކަތަ ބޭނުންކުރާ ސާފުތާހިރު ސިޓީއެއް ބިނާކުރެވިދާނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް