ads
ވިއްކަން ޖަހައިފައިވާ އަންހެނުންގެ ތެރޭގައި ހިމެނޭ ހަނާ ހާން-
އިންޑިއާ މުސްލިމް އަންހެނެއް އެޕެއްގައި ވިއްކަން ޖަހައިފި
މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި އެތައް މުސްލިމް އަންހެނުންތަކަކަށް އެމީހުން އޮންލައިންކޮށް ވިއްކަން ޖަހާފައިވާކަން އެނގުނީ ކުއްލި ހައިރާން ކަމާއެކުއެވެ.

ވިއްކަން ޖަހަފައިވާ އަންހެނުން ތެރޭ ހިމެނޭ ކޮމާޝަލް ޕައިލެޓެއް ކަމަށްވާ ހަނާ ހާން ބީބީސީއަށް ކިޔާދިން ގޮތުގައި އޭނާއަށް އެކަން އެނގިގެންދިޔައީ ރަހުމަތްތެރިއަކު ފޮނުވި ޓްވީޓަކުންނެވެ. 

އެ ޓުވީޓަށް ފިއްތައިލުމުން "ސުއްލި ޑީލްސް" ކިޔާ އެޕެއް އަދި ވެބްސައިޓަކަށް ގެންދިޔައެވެ. ވެބްސައިޓުގެ އިތުރުން އެޕެއް ވެސް އިންނަ އޮންލައިން ޕްލެޓްފޯމުގައި އޭނާގެ ސޯޝަލް މީޑިއާގައި މީހުންނަށް ފެންނަހެން ހުރި ފޮޓޯތަކާއެކު ޕްރޮފައިލެއް ހަދާފައި އިނެވެ. އަދި ޕްރޮފައިލްތަކުގައިވާ އަންހެނުންނަކީ އެ "ދުވަހުގެ ޑީލްތައް" ކަމަށް ޖަހާފައި ހުއްޓެވެ.

ހަނާ ބުނީ އެޕްގެ ލޭންޑިން ޕޭޖުގައި ނުދަންނަ އަންހެނެއްގެ ފޮޓޯއެއް އިން ކަމަށެވެ. ނަމަވެސް ޖެހިގެން އިން ދެ ޕޭޖުގައި ރަހުމަތްތެރިންގެ ފޮޓޯތައް ހުރި ކަމަށާއި ރަހުމަތްތެރިން ފެނުނު ޕޭޖަށް ފަހު އިން ޕޭޖުން އަމިއްލަ ފޮޓޯތައް ފެނުނު ކަމަށެވެ.

"އަހަރެން ގުނާލިން 83 ނަން. އެއަށްވުރެ ގިނައިންވެސް ހުރެދާނެ. އަހަރެންގެ ފޮޓޯ އެމީހުން ނެގީ ޓްވީޓާއިން. އޭގައި އަހަރެންގެ ޔޫސާ ނޭމްވެސް އިން. މި އެޕް މަސައްކަތް ކުރާރާ މިހާރު 20 ދުވަސް ވެއްޖެ. އަހަރެން މިހުރީ ބިރުންގޮސް ހަލާކުވެފައި." ހަނާ ބީބީސީއަށް ކިޔާދިނެވެ.

އެ އެޕުން މީހުންނަށް "ސުއްލި" ވިއްކާކަމަށް ދައްކައިފައި ވެއެވެ. "ސުއްލި" ބަހަކީ" ހަރުކަށި ފިކުރުގެ ހިންދޫން މުސްލިމް އަންހެނުން ބޭއިހުތިރާމުކޮށް ހަޑިހުތުރު ގޮތަކަށް މުހާތަބު ކުރަން ގެންގުޅޭ ބަހެކެވެ. އެ އެޕުގައި އެހެން އިން ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނުވެއެވެ. އެޕުގެ ބޭނުމަކީ މުސްލިމު އަންހެނުން ދަށްކޮށް، ލަދުގަންނަވާލުމެވެ.

ހަނާ ބުނީ އޭނާގެ ފޮޓޯތައް އެ ސައިޓުގައި އާންމުކޮށްފައިވަނީ އޭނާ އަކީ މީހުން ބަލައިގަނެ އަދި އަޑުއަހާ މުސްލިމު އަންހެނަކަށް ވާތީ ކަމަށެވެ. އަދި އެމީހުން ބޭނުން ވަނީ އޭނާގެ އަޑު ކަޑުވާލަން ކަމަށް ހަނާ ބުނެއެވެ.

ޝަކުވާތަކާއި ގުޅިގެން އޮޕެން ސޯސް އެޕް ހޯސްޓް ކުރާ ޕްލެޓްފޯމް ކަމަށްވާ ގިޓް ހަބުން ވަނީ އެ އެޕް ޝަޓްޑައުން ކޮށްފައެވެ. އަދި ގިޓް ހަބުން ބުނީ ތަހުގީގަކަށް ފަހު އެ އެޕް  އެ ކޮމްޕެނީގެ އުސޫލުތަކާއި ހިލާފުވެފައިވާތީ އެޕް ސަސްޕެންޑްކޮށްފައިވާކަމަށެވެ.

ނަމަވެސް އެ ތަޖުރީބާގެ ސަބަބުން މުސްލިމް އަންހެނުން ވަނީ ބިރުގަންނަން ފަށާފައެވެ. އެ އެޕުގައި ވިއްކަން ޖަހާފައިވާ އަންހެނުން ތަކަކީ އެކި ކަންކަމުގައި އަޑު ގަދަ މުސްލިމުންނެވެ. އޭގެ ތެރޭގައި ނޫސްވެރިން، އެކްޓިވިސްޓުން، އާޓިސްޓުން އަދި ދިރާސާވެރިން ވެސް ހިމެނެއެވެ. އެކަމާ ގުޅިގެން އިތުރު ފުރައްސާރަތަކާއި ކުރިމަތިވެދާނެތީ ބައެއް މީހުން ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ޑިލީޓްކޮށްފައެވެ. 

"ކިތަންމެ ހިތްވަރު ގަދަ ވިޔަސް. ތިމާގެ ފޮޓޯއެއް ނުވަތަ އެހެނިހެން ޒާތީ މައުލޫމާތެއް އެހެން އާންމުކުރުމުން ބިރުގަންނާނެ." ފުރައްސާރައާއި ކުރިމަތިވި އަންހެނަކު ބީބީސީއަށް ކިޔާދިނެވެ.

ނަމަވެސް މައުލޫމާތު އާންމުކޮށްފައިވާ އެތައް އަންހެނުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި އެމީހުންގެ ހައްގުގައި ވާހަކަ ދައްކާފައެވެ. އަދި ސޯޝަލް މީޑީއާގައި އެމީހުންނަށް ފުރައްސާރަ ކުރި މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައިފައިވެއެވެ. ފުރައްސާރައާއި ދެކޮޅަށް އަޑު އުފުލާ މީހުންގެ ތެރޭގައި ހަނާވެސް ހިމެނެވެ.

ފުލުހުން މިހާރު އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނާ އިރު، އެޕުގެ ފަހަތުގައި ވަނީ ކޮންބައެއްކަން ބުނަން ފުލުހުން ވަނީ ދެކޮޅުހަދާފައެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް