ads
ވާވޭ އިން މި އަހަރު ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ވާވޭ މޮބައިލް ސާވިސަސް ބާރުގަދަކުރުން
ވާވޭގެ މޮބައިލް ޚިދުމަތްތައް ގޫގުލްއާ ނުލައި
ދުނިޔެ އާ އަހަރަކާއިގެން ތާރީޚުޖަހަމުން ދާއިރު، މި އަހަރު ވާވޭ އިން އެންމެ ފުންކޮށް ވިސްނާނެ ކަމަކަށް އޮތީ މޮބައިލް ޚިދުމަތްތައް، "ވާވޭ މޮބައިލް ސާވިސަސް" ހަރުދަނާކުރުން ކަމަށް އެ ކުންފުނިން ބުނެފި އެވެ. ވާވޭ މޮބައިލް ސާވިސަސްގެ ބޭނުމެއް ކަމަށް ބުނަނީ، "ގޫގުލް މޮބައިލް ސާވިސަސް" އަށް ބަރޯސާކުރުން ހުއްޓާލުން ކަމަށެވެ.
Advertisement
ދުނިޔެ އާ އަހަރަކާއިގެން ތާރީޚުޖަހަމުން ދާއިރު، މި އަހަރު ވާވޭ އިން އެންމެ ފުންކޮށް ވިސްނާނެ ކަމަކަށް އޮތީ މޮބައިލް ޚިދުމަތްތައް، "ވާވޭ މޮބައިލް ސާވިސަސް" ހަރުދަނާކުރުން ކަމަށް އެ ކުންފުނިން ބުނެފި އެވެ. ވާވޭ މޮބައިލް ސާވިސަސްގެ ބޭނުމެއް ކަމަށް ބުނަނީ، "ގޫގުލް މޮބައިލް ސާވިސަސް" އަށް ބަރޯސާކުރުން ހުއްޓާލުން ކަމަށެވެ.

ވާވޭ މިހާރު ވެސް ދަނީ ސްމާޓްފޯން ވިޔަފާރީގައި ކުރިއަރަމުންނެވެ. ވިޔަފާރި ހުއްޓެއް މެދުވެރިވެދާނެ ހުރިހާ ކަމަކަށް ނަޒަރުހިންގައި، ހަރުދަނާކުރަމުންނެވެ. ވާވޭ މޮބައިލް ސާވިސަސް އަކީ ދުނިޔޭގެ މާކެޓްތަކުގައި ވާވޭ ފޯނުތައް ހިންގޭ ފެންވަރުގެ ޚިދުމަތަކަށް ހެދުމަށް އެ ކުންފުނިން އެންމެ ބޮރަކޮށް ކުރާ މަސައްކަތަކީ، ޑިވެލޮޕަރުން ރުއްސުމެވެ.

ވާވޭ މޮބައިލް ސާވިސަސް ގައި 14 ޚިދުމަތެއް ހިމެނެ އެވެ. އެންޑްރޮއިޑް ފޯނުތަކަށް ގޫގުލް އެކައުންޓެއް ބޭނުންވާ ފަދައިން، މި ޚިދުމަތުގެ އަމާޒަކީ ވާވޭ އެކައުންޓަކަށް އިތުބާރުކުރުމެވެ. ވާވޭ އެކައުންޓަކަށް ބަރޯސާކޮށް މޮބައިލް ޚިދުަމަތްތައް ހިންގާ ނަމަ، ވާވޭ އެޕްލިކޭޝަން ސްޓޯރަކަށް ބޭނުންޖެހެ އެވެ. ވާވޭ އިން ދަނީ ޑިވެލޮޕަރުން ލައްވައި އެޕްލިކޭޝަން އުފައްދަމުންނެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުން އެންޑްރޮއިޑަށް ބޭނުންޖެހިފައި ވުމަކީ ބިރެކެވެ. އެންޑްރޮއިޑް އަކީ ގޫގުލްގެ ފިކުރީ މުދަލަކަށް ވާތީ ގޫގުލް ބޭނުން ކޮންމެ އިރަކު މެދުކަނޑާލެެވޭ ޚިދުމަތަށް އޮންނަނީ ވެފަ އެވެ. އެންޑްރޮއިޑާ ގުޅިފައި ހުރި ގޫގުލް ޚިދުމަތްތައް ވާވޭ ފޯނުތަކަށް ބަންދުވެފައި ވަނީ، އެމެރިކާއިން ޗައިނާ އަށް އިގުތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވާތީ އެވެ.

ތުރުކީ ގައި ވިއްކުމަށްޓަކައި، ތުރުކީ މާކެޓަށް ޚާއްސަކޮށް އުފައްދާ އެއްވެސް ފޯނަކަށް ގޫގުލް މޮބައިލް ސާވިސަސް ލައިސަންސް ނުދެވޭނެ ކަމަށް ގޫގުލުން ވަނީ ބުނެފަ އެވެ. މިއީ އިގުތިސޯދީ ގޮތުން ތުރުކީ އަށް ދަތިކުރަން އެމެރިކާ އިން ފިޅަވަޅު އަޅައިގެން މެދުވެރިވި ކަމެއް ނޫނެވެ. ގޫގުލުން ބޭނުންހާ ގޮތަކަށް ފޯނުތައް ހިންގަން ތުރުކީގެ އިދާރާތަކުން ހުއްދަ ނުދިނުމުން ގޫގުލުން ބޮޑާހާކަނީ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް