
އުތުރު ކޮލަމްބިއާގެ ކެނޮ ލިއޮން އަވަށުގައި ހުރި މި ލެބޯޓްރީތަކަކީ ކެމިލޯ ޓޮރެސްގެ ހަތިޔާރުއެޅި ވައަަތް ފިޔާގެ ގްރޫޕެއްކަމަށްވާ ނޭޝަނަލް ލިބަރޭޝަން އާމީ (އީއެލްއެން)ގެ ލެބޮރެޓަރީ ތަކެކެވެ.
ރައީސް ދުކޫ ކޮލަމްބިއާގެ ސިފައިންނަށް ޝުކުރު އަދާކުރައްވާފައިވާއިރު ކޮކޭން ހައިޑްރޮކްލޮރައިޑް އުފައްދާ ލެބޯޓްރީތައް ލޮކޭޓްކުރުމުގައި ޕްރޮސެކިއުޓަރުގެ އޮފީހުން ވެދިން އެހީއަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެތައް އަހަރެއް ވަންދެން ޑްރަގް ކާޓެލްތަކާއި ދެކޮޅަށް ކޮލަމްބިއާއިން ހަނގުރާމަކުރި ނަމަވެސް 2021 ވަނަ އަހަރު އދ އިން ނެރުނު ރިޕޯޓްގައި ބުނަނީ އެގައުމަކީ އަދިވެސް ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ކޮކޭން އުފައްދާ ގައުމު ކަމަށެވެ.
ފާއިތުވި 50 އަހަރު ކޮލަމްބިއާގައި ކޮކޭން އުފައްދާ މިންވަރު އިތުރުވެފައިވާއިރު އެގައުމުގެ ސަރުކާރުން ވަނި އެތައް ކުދި ހަނގުރާމަވެރި ޖަމާތްތަކާއެކު ހަމަނުޖެހުންތަކެއްގެ ތެރޭގައި ބެދިފައެވެ. ޖަމާތްތަކުގެ ތެރޭގައި ހިމެނޭ އީއެލްއެން އަކީ ޑްރަގް ގެ ވިޔަފާރިއާ ކުރާ ޖަމާތެއް ކަމަށް ތުހުމަތު ކުރެއެވެ.