ads
ފޮޓޯ:ސަން
މާލޭ ސިޓީ ރައްޔިތުންގެ ތެރެއިން "މައިމުޅަ" ވެފައިވާ ފަރާތްތައް ހޯދަނީ
ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި މާލޭ ސިޓީގެ ރައްޔިތުންގެ ތެރެއިން "މައިމުޅަ" ވެފައިވާ ފަރާތްތައް ހޯދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

"މައިމުޅަ" ވުމަކީ އަންހެން ދަރީގެ ދަރީންނަށް ވާރުތަމުދަލުން ނުލިބޭ ހާލަތް ދިމާވުމެވެ. އެގޮތަށް ދިމާވަނީ މައިންބަފައިން ދުނިޔޭގައި ތިއްބައި އަންހެންދަރި ނިޔާވުމުންނެވެ.

މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި، މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާއްމު ޖަލްސާގައި، ސިޓީ ކައުންސިލުގެ ވަނީ މައިމުޅަވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރަން ނިންމާފައެވެ. އެގޮތުން ފުރަތަމަ މާލޭ ސިޓީގެ ރައްޔިތުންގެތެރެއިން މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް ކައުންސިލްގެ އެޖަލްސާގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ.

އެޕްރީލް 10ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުން މާލޭ ސިޓީ ކައުންސިލްގެ މެޖޯރަޓީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ނެގިއިރު ތަފާތު ބޮޑުކޮށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަން ނެންގެވީ އެޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. 

އެމްޑީޕީގެ ސަރުކާރެއްގެ ތެރެއިން ކައުންސިލްގަައި މެޖޯރިޓީ އޮވެމެ، މާލޭ ސިޓީގެ ތަރައްގީއަށް ރައްޔިތުން ބޭނުންވި މިންވަރަށް ހަލުވިމިނުގައި ކަންކަން ނުކޮށްދެވޭ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެެއްގައި އިތުރު ދައުރަކަށް ކައުންސިލް ބަދަލުވުމަށް ބޭއްވި އިންތިހާބުގައި މޭޔަރުކަމުގެ ގޮޑިއާއި ވާދަކުރައްވާ ޑރ. މުއިއްޒު ކާމިޔާބު ހޯއްދެވީ ހަތަރު އަމާޒެއް ކުރިއަށް ނެރުއްވައިގެން ތަފާތު ދައްކުވާދޭނެ ކަމުގެ ޔަގީން ކަމާއިއެކުއެވެ. 

އޭގެ ތެރޭގައި ހިތްފަސޭހަ މަގުމައްޗާއި، ފުއްދުންތެރި ދިރިއުޅުމާއި، ޗާލު ޗާލު މާލެ ސިޓީގެ އިތުރުން، ބިންވެރި ރައްޔިތަކު ހިމެނެއެވެ.

ރައްޔިތުން އެންމެ ބޭނުންވާ ހަތަރު އަމާޒު ކުރިއަށް ނެރުއްވާ “ރައްޔިތުންނަކީ ވެރިން”ކަމަށް ބަލައިގެން ސިޓީ ތަރައްގީކުރުމުގައި ތަފާތު ދައްކާދޭނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު ވަނީ އަރުވާފައެވެ. 

އެގޮތުން މޭޔަރުކަމާއި ހަވާލުވެ، އެންމެ އިސްކަމެއް ދެއްވައިގެން މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިވެއެވެ. 

ރައްޔިތުންގެ އުންމީދުތަކާއި، އިތުބާރު ޑރ. މުއިއްޒުގެ ކޮނޑުމައްޗަށް ބަރުކޮށްލައިގެން މަގާމާއި ހަވާލުވެވަޑައިގަތީ މެއި މަހުގެ 17ވަނަ ދުވަހުއެވެ. މަގާމާއި ހަވާލުވުމާއިއެކު އެންމެ ސިކުންތެއް ލަސްނުކުރައްވާ ޖެހިގެން އާ 18ވަނަ ދުވަހުގެ ރޭ އަލަށް ހުވާ ކުރި ސިޓީ ކައުންސިލުގެ ފުރަތަމަ ދުވަހު ނިންމާފައިވާ ނިންމުންތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. 

ސިޓީ ކައުންސިލުން ކުރަން ނިންމާފައިވާ ކަންކަމުގެ ގޮތުގައި އެދުވަހު އިއުލާންކުރެއްވި ކަންތައްތަކުގެ ތެރޭގައި، މާލެ އެއްކޮށް ވަށާ ރިންގް ރޯޑު ހަދައި އަދި އެހެން ބޮޑެތި މައި މަގުތަކުގައިވެސް ތާރަ އަޅާ ހަދަން ނިންމުމާއި، މާލެގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގަން ނިންމުމާއި، މާލޭގެ ދަފްތަރުގައި ޖެހިފަ ތިބި ރައްޔިތުންނަށް ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމުގެ މަގުޗާޓެއް ސަރުކާރާ މަޝްވަރާކޮށް ކަނޑައަޅައި ދަފްތަރުގެ އުސޫލުތައް ހަރުދަނާ ކުރެވެންދެން ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން ވެސް ވަނީ ނިންމާފައެވެ. 

އެއީއެއްގޮތަށް ކައުންސިލުން މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ، ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކުގެތެރެއިން ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތައް ދަފުތަރުން އުނިކުރުމަށް ނިންމާފައެވެ. 

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް