ads
ކާނަލް ނާޒިމް - ފޮޓޯ: ޕީއެސްއެމް
ނާޒިމްވެސް ޖޭޕީން ވަކިވެވަޑައިގެން ޕާޓީއެއް ހައްދަަވަނީ
ސިޔާސީ ޕާޓީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ވެސް ޖުމުހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެ ވަޑައިގެންފި އެވެ.

ނާޒިމް ވަނީ ޓްވިޓާ މެދުވެރިކޮށް އޭނާ ޖޭޕީން ވަކިވެ ވަޑައިގެންނެވިކަން އިއުލާނު ކުރައްވާ ޖޭޕީން ވަކިވެވަޑައިގެންނެވުމަށް ފޮނުވި ސިޓީ ވެސް އާންމުކޮށްފަ އެވެ. އޭނާގެ އެ ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދައި ދިވެހި ގައުމާ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރައްވަން ގަސްތުކުރައްވާތީ މިއަދުން ފެށިގެން ޖޭޕީގެ މެމްބަރުކަމުން އޭނާ ވަކިވެވަޑައިގަންނަވާ ކަމަށެވެ.

އަދި ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޕާޓީގެ މެމްބަރުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ޖޭޕީން ނާޒިމް މިއަދު ވަކިވެވަޑައިގެންނެވިއިރު، އިއްޔެ އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ އެ ޕާޓީން ވަކިވެ ވަޑައިގެންފަ އެވެ.

ނާޒިމާއި ރިޔާޒު ޖޭޕީން ވަކިވެވަޑައިގެންފައިވާއިރު މަޖިލީހަށް ދެ ބޭފުޅުން އިންތިހާބުވީ އެ ޕާޓީގެ ޓިކެޓުގަ އެވެ.

ނާޒިމް އުފައްދަވާ ޕާޓީއަށް 3،000 މެންބަރުންގެ ސޮއިވަނީ ހަމަކޮށްފަ އެވެ. މި މަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީ ކުރަން ހުއްދަ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ އެވެ.

ރިޔާޒް އާއި ނާޒިމް ޖޭޕީން ވަކިވެވަޑައިގެން ސިޔާސީ ޕާޓީއެއް ހެދުމަށް މަސައްކަތް ކުރައްވަމުންގެންދަވާއިރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކެބިނެޓްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ވެެސް ވަނީ ޕާޓީއެއް އުފައްދަވާކަން ހާމަކުރައްވާފައެވެ. 

"ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" (ނެޝަނަލް ސޮލިޑަރިޓީ ޕާޓީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމަށް ކަމާލުއްދީން ހުށަހެޅުއްވިއިރު، ނާޒިމް ސީއެންްްއެމްއަށް ވިދާޅުވެފައިވަނީ، އަލަށް ހަދަން ގަސްދުކުރައްވާ ޕާޓީއާ ބެހޭ މައުލޫމާތު ހާމަކުރައްވާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް