ads
ސޯނަމް އާއި އަނިލް ކަޕޫރު--
އަހަރެއް ކޮށްފަ ބައްޕަ ފެނުމުން ސޯނަމް އަށް ރޮވިއްޖެ
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަނިލް ކަޕޫރުގެ ދަރި ސޯނަމް ކަޕޫރު ކައިވެނިކޮށްގެން އިނގިރޭސި ވިލާތުގައި އުޅޭތާ މިހާރު އަހަރެއް ވަނީ އެވެ. އަންގާރަ ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް ސޯނަމް ވަނީ އެނބުރި ގައުމަށް އަންނަކަން ފޭނުންނާއި ހިއްސާކޮށްފަ އެވެ.
Advertisement

ސޯނަމް އިންޑިއާއަށް އެއާޕޯޓަށް ފުރުވަން ދިޔައީ ފިރިމީޙާ އަނަންދު އަހޫޖާ އެވެ. ފްލައިޓް ތެރޭގެ މަންޒަރުތައް ވެސް ފޭނުންނާ ހިއްސާކޮށްފައިވާއިރު ސޯނަމްގެ ފްލަައިޓް އިންޑިއާ އަށް ޖެއްސި އިރު ގިނަ އަދަދަދެއްގެ ޕަޕަރާޒީން ޖަމާވެފައި ތިއްބެވެ. 

އެތަނަށް އެއްވެ އުޅުނު ޕަޕަރާޒީންނަށް ވަނީ ސޯނަމް އެއާޕޯޓުން ނިކުތް މަންޒަރު މަންޒަރު ފެނިފަ އެވެ. 

އެގޮތުން ސޯނަމް ބަލައި އެއާޕޯޓަށް ދިޔައީ ބައްޕަ އަނިލް ކަޕޫރެވެ. 

ސޯނަމް އެއާޕޯޓުން ނިކުތް އިރު ބައްޕަ މަޑުކޮށްލައިގެން ހުއްޓެވެ. ބައްޕަ ފެނުމުން އެވަގުތު ސޯނަމް ފެންކަޅިވެފައި ހުރެ “ހައި ޑޭޑް” ކިޔާފަ ގޮވާލިއެވެ. އެވަގުތު ބައްޕަގެ ޖަޒުބާތުތައް ވެސް ދިޔައީ މޫނުމަތިން ފެންނަމުންނެވެ. އެއަށް ފަހު ސޯނަމް ބައްޕަ އާއެކު ގެއަށް ދިޔައެވެ. 

އަހަރެއް ކޮށްފަ ބައްދަލުވީމަ ވާނީ ވެސް އެހެންތާއެވެ. ސޯނަމް އަހަރެއް ކޮށްފަ އިންޑިއާއަށް ގޮސްފައިވާއިރު މިވަގުތު ސޯނަމް މަސައްކަތް ކުރަމުން އަންނަނީ ބްލައިންޑް އިން ސްކޮޓްލޭންޑް ގައެވެ.

7%
ކަމުގޮސްފި
79%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް