ads
ކުރިޣެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމިންގެ އެހީއަށް އެދުމަކީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް: ނަޝީދު
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެހީތެރިކަމަށް އެދުމަކީ ރާއްޖެއަށާއި، އެމްޑީޕީއަށް އެންމެ ރަނގަޅު ގޮޮތްކަމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅު ވެފައިވަނީ މިއަދު އެމްޑީޕީގެ ގައުމީ މަޖިލިސްގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނު ޕީޕީއެމްއާއި އެކު މަސައްކަތް ކުރުމަށް ފާޅުކުރަށްވާފައިވާ ހިޔާލުފުޅާގުޅިގެން  އެމްޑީޕީ މެންބަރުންނާއި އަދި ޕީޕީއެމް  މެންބަރުންނަށްވެސް އޮޅުން އަރާ ކަމަށް ވިދާޅުވެ އެކަން ސާފުކޮއްދިނުމުގެ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ތަކުރާރުކޮށް ގެންދަވަނީ ޔާމިނާއެކު ސިޔާސީ މަސައްކަތް ކުރަށްވަން ޝައުގުވެރިވާ ކަމަށްވިދާޅުވަމުންނެވެ.

ރައީސް ޔާމީނާއި ރައީސް ނަޝީދާ ދެބޭފުޅުންނަކީވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ދެބޭފުޅުންނެވެ. ރައީސް ނަޝީދު އަންނަނީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ތަކުރާކުކޮށް ވަކާލާތު ކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކާ ގުޅިގެން ރައީސް ސޯލިހު އަދި މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް