ads
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު -- ފޮޓޯ: ޝަހީމް/ފޭސްބުކް
ޖިންސު ބަދަލުކުރަމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކަމެއް: ޑރ. ޝަހީމް
ޖިންސު ބަދަލު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ހަރާމްވެގެންވާ ކަމެއްކަމަށާއި، މިއީ މާތްﷲ ލައުނަތް ލައްވާނެ ފަދަ ކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޖިންސު ބަދަލުކުރުމަކީ މާތް ﷲ ހަލްގުކުރައްވާފައިވާ ގޮތް ބަދަލުކުރުމަށް ހިންގާ އުދުވާނީ އަމަލެއްކަމަށާއި ކުރީގެ ސަމާވީ ޝަރީއަތެެއް ވެސް އެއަމަލު ހުއްދަ ކޮށްފައިނުވާ ކަމުގައެވެ.

ޑރ.ޝަހީމް ވިދާޅުވީ  އެ ޢަމަލަކީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމް ވެގެންވާ ލައުނަތް ހުރި އަމަލެއްކަމަށާއި  އެފަދަ ކަންކަމުން ދުރުވާން ޖެހޭކަމަށެވެ.

ޑރ. ޝަހީމް މިގޮތަށް ވާހަކަ ދައްކަވާފައި މިވަނީ އޮސްޓްރޭލިއާގައި ދިރިއުޅެމުންދާ ދިވެހި އަންހެނަކު އޭނާގެ ޖިންސު ބަދަލުކޮށް، ފިރިހެނަކަށް ބަދަލުވެފައިވާ ކަމަށް އޭނާގެ އަމިއްލަ ޓިކްޓޮކް އެކައުންޓުގައި އިއުލާނު ކުރުމާއި ގުޅިގެން އެވާހަކަތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

އެއްޖިންސުން ގުޅުން ހިންގުމަށް މަގުފަހިވާ ގޮތަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ލޯބި ހުށައެޅުމާއި އެނޫންވެސް ބޭއަދަބީ ގުޅުންތައް ހިންގުމަށް ހުށައަޅައި އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކާ ނުގުޅޭ އެފަދަ ކަންކަން މީސްމީޑިއާގެ ޕްލެޓްފޯމް ތަކުގައި ޕްރޮމޯޓްކުރުން މިފަހަކަށް އައިސް ވަރަށް ބޮޑަށް އާންމުވަމުން ދިޔަނަމަވެސް ކަމާބެހޭ ފަރާތްތަކުން އެކަމުގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައި އެކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާތަން ނުފެންނަކަން ގިނަބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް