
ސީއެންއެމްއަށް މައުލޫމާތުދެމުން ލޯކަލް މާރުކޭޓުގައި މަސައްކަތްކުރާ މީހަކު ވަނީ މާރުކޭޓުގައި ވިއްކާ މޭވާ އާއި ތަރުކާރީގެ އަގުތައް ދަށަށް ގޮސްފައިވާކަމަށް ބުނެފައެވެ.
މިގޮތުން ލޯކަލް މާރުކޭޓުގައި ފިޔާ ކިލޯއެއް ވިއްކަނީ 15 ރުފިޔާއަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. ލޮނުމެދު ކިލޯއެއް 45 އަކަށް ވިއްކާއިރު، އަލުވި ކިލޯއެއް ދެނީ 15 ރުފިޔާއަށް ކިލޯއެއް ކަމަށާއި، ލުނބޯ ކިލޯއެއް 30 ރުފިޔާއަށް ލޯކަލް މާރުކޭޓުގައި ވިއްކަމުންދާކަމަށް އޭނާ ބުނެއެވެ.
އަދި ކެރެޓު ކިލޯއެއް 35 އަކަށް ވިއްކާއިރު ކިއުކަންބާ ކިލޯއެއް ވިއްކަނީ 40 އައް ކަމަށާއި، ކެބެޖު ކިލޯއެއް ވިއްކަނީ 25 އަށްކަމަށް އޭނާ ވަނީ ބުނެފައެވެ.
ބީންސް ވިއްކަނީ 60 އަށް ކިލޯއެއްކަމަށް ބުނެ އޭނާ ބުނީ އާދައިގެ ދޮންކެޔޮ ކިލޯއެއް ވިއްކަނީ 35 އިން 40 ރުފިޔާ އާއި ދެމެދުގެ އަގެއްގައިކަމަށާއި، ދޮންކެޔޮލުގެ ބާވަތްތަކުގެ ތެރެއިން ފުސްކެޔޮލުގެ ބާވަތްތައް ވިއްކަނީ 50 އާއި 60 ރުފިޔާއާއި ދެމެދުގެ އަގެއްގައި ކަމަށެވެ.
މީގެއިތުރުން ކޮޕީފަތާއި ހިކަނދިފަތް ކޯޅިއެއް 10 ރުފިޔާއަށް ދޭއިރު، ރާނބާފަތުގެ ބޮޑުފަތެއް ވިއްކަނީ ފަސް ރުފިޔާއަށްކަމަށް އޭނާ ބުންޏެވެ.
އެހެންނަމަވެސް މިރުހުގެ އަގުތައް ވަނީ މައްޗަށް ގޮސްފައިކަމަށާއި، މީގެ ކުރިން 150 އަށް ވިއްކާ މިރުސް ކިލޯއެއް މިހާރު ވިއްކަނީ 350 ރުފިޔާ އަށް ކަމަށް އޭނާ ބުނެއެވެ.