ads
ކުޅުދުއްފުށި ސިޓީ ކައުންސިލް
ހދ.އަތޮޅުގައި ކުރިއަށްދާ ތަރައްގީއަށް މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހދ. އަތޮޅު ކައުންސިލާއެކު އިއްޔެ ބައްދަލު ކުރައްވައި ސަރުކާރުން ހދ. އަތޮޅުގައި ކުރިޔަށްގެންދާ ތަރައްގީގެ އެކި މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި، މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އަވަހަށް ފެށުމަށް ބޭނުންވާކަމަށް އަތޮޅު ކައުންސިލުގެ މެންބަރުން ވިދާޅުވިއެވެ. އަދި ރަންގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމާއި ގުޅޭގޮތުންނާއި، ރަށްރަށުގެ ބަނދަރާއި، ފެނާއި ނަރުދަމާ އަދި، ސްކޫލްތަކާއި، ޒުވާނުންނަށް ބޭނުންވާ އިޖްތިމާއީ ތަރައްގީގެ މަޝްރޫއުުތަކާ ގުޅޭގޮތުން އަތޮޅު ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ހުށަހެޅުއްވި ކަންކަމާއި އަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ވަނީ ރައީސުލްޖުމުހޫރިއްޔާ ކައުންސިލަރުންނާއި ހިއްސާކުރައްވާފައެވެ. އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުބެހޭ ފަހުގެ މައުލޫމާތުތައް މި ބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ. 

އުތުރުގައި ރަނގަޅު ފެންވަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމުކުރުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެހެންމެ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވެފައެވެ. 

މި ބައްދަލުކުރެއްވުމަށް ފަހު، ކުޅުދުއްފުށި ސިޓީގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް ވަނީ ރައީސް އަޑުއައްސަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް