ads
ބިދޭސީން މުދާ އުފުލުމުގައި ހަރަކާތްތެރިވަނީ- ފޮޓޯ: ސީއެންއެމް
މިދިޔަ އަހަރު ވޯކް ވިސާގައި ބަންގުލަދޭޝުން އެތެރެވީ 22 މީހުން
މިދިޔަ އަހަރު ވޯކް ވިސާގައި ރާއްޖެ އެތެރެވީ ބަންގުލަދޭޝް މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރު ވޯކް ވިސާއާއި އެކު ރާއްޖެ އެތެރެވެފައިވަނީ އެންމެ 22 މީހުންނެވެ. އަދި 2020 ވަނަ އަހަރު 99 މީހުން ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވެއެވެ.

އެހެން އަހަރު ތަކާއި އަޅާބަލާ އިރު މިއީ ވަރަށް ދަށް އަދަދެކެވެ. އެ ގޮތުން ވޭދަވެދިޔަ 8 އަހަރުގެ ތަފާސް ހިސާބުތަކުން ދައކާ ގޮތުގައި ވޯކް ވިސާއާއި އެކު ބަންގުލަދޭޝް މީހުން  އެންމެ ގިނައިން ރާއްޖެ އެތެރެ ވެފައިވަނީ 2018 ވަނަ އަހަރުއެވެ. އެ އަހަރު ތެރޭ 25810 ބަންގުލަދޭޝް މީހުން ރާއްޖެ އެތެރެވެފައިވާ އިރު 2015 ވަނަ އަހަރު 24139 މީހުން އަދި 2016 ވަނަ އަހަރު 22833 ޖެހިގެން އައި 2017 ވަނަ އަހަރު 7133 ބަންގުލަދޭޝް މީހުން ރާއްޖެ އެތެރެވެފައިވެއެވެ. 

ވޭތުވެދިޔަ އަށްއަހަރު ތެރޭ ވޯކް ވިސާގެ ދަށުން 270000 އަށް ވުރެން ގިނަ މީހުން ރާއްޖެ އެތެރެ ވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންދައްކައެވެ.

އެ ހިސާބުތަކުން ދައްކާގޮތުގައި ވޯކް ވިސާ އާއި އެކު ރާއްޖެ އެންމެ ގިނައިން އެތެރެ ވެފައިވަނީ ބަންގުލަދޭޝް މީހުންނެވެ. މިދިޔަ އަށް އަހަރުތެރޭ 123842 މީހުން ރާއްޖެ އެތެރެވެފައިވެއެވެ. ދެން އެންމެ ގިނަ މީހުން އައިސްފައިވަނީ އިންޑިޔާއިންނެވެ. އެއީ 57387 މީހުންނެވެ. ތިންވަނަ އަށް އެންމެ ގިނަ މީހުން އައިސްފައިވަނީ ސްރީލަންކާއިންނެވެ. އެއީ 34561 މީހުންނެވެ. 

ވޭތުވި އަށް އަހަރުގެ ތެރެއިން، ވޯކް ވިސާ އާއެކު އެންމެ ގިނަ މީހުން ރާއްޖެ އެތެރެވެފައިވަނީ 2018 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު އެކަނިވެސް 51185 މީހުން އެތެރެވެފައިވާއިރު ދެވަނައަށް އެންމެގިނައި އެތެރެ ވެފައިވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު 42161 މީހުން ރާއްޖެ އެތެރެވެފައިވެއެވެ. ކޮވިޑާ އެކު ރާއްޖެ ބަންދު ކުރުމާއި ގުޅިގެން 2020 ވަނަ އަހަރު ވޯކްޕާމިޓްގެ ދަށުން ރާއްޖެ އެތެރެވި މީހުންގެ އަދަދު ދަށްވިއެވެ. އެއަހަރު 9675 މީހުން އައިސްފައިވާ އިރު 2021 ވަނަ އަހަރު 6973 މީހުން ރާއްޖެ އެތެރެވިއެވެ.

2019 ވަނަ އަހަރު 35833 މީހުންގެ ވޯކް ވިސާ ކެންސަލް ކޮށްފައިވާ އިރު 2020 ވަަނަ އަހަރު 28176 މީހުންގެ ވިސާ ކެންސަލް ކުރެވިފައިވެއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު 13181 މީހުންގެ ވިސާ ކެންސަލް ކުރެވިފައިވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް