ads
ޒިއޯމީ ފޯނު ވިއްކާ ފިހާރައެއް
ޒިއޯމީ ދުނިޔޭގެ މޯބައިލް ފޯން މާކެޓްގެ ދެވަނައަށް
ދުނިޔޭގެ މޮބައިލް ފޯން މާކެޓްގެ ދެވަނައަށް އެންމެ މަގްބޫލު ކުންފުނީގެ މަގާމް ޒިއޯމީން ހޯދައިފި އެވެ.

މޮބައިލް ފޯން މާކެޓްގެ 17 ޕަސެންޓާއެކު ޒިއޯމީއަށް ލިބުނު މި ކުރިއެރުމަކީ ކުރީގެ ކުއާޓާ ތަކުގައި ހުރިވަރާއި ބަލާފަ 83 ޕަސެންޓްގެ އިތުރު ވުމެކެވެ. އަދި މިއާއެކު ކުރިން ދެވަނާގައި އޮތް އެޕަލް މިހާރު ވަނީ 14 ޕަސެންޓް މާކެޓް ޝެއާ އާއެކު ތިން ވަނާގަ އެވެ.

އަދިވެސް މި ލިސްޓުގެ އެއްވަނާގައި ވަނީ ސެމްސަންގް އެވެ. އެއީ 19 ޕަސެންޓް މާކެޓް ޝެއާއަކާއެކު އެވެ. ނަމަވެސް ޒިއޯމީއިން ވަނީ އެ ކުންފުނީގެ ފޯނުތައް ބޭރުގެ ގައުމުތަކަށް މާކެޓް ކުރުން އިތުރު ކޮށްފަ އެވެ. އަދި ޒިއޯމީގެ ފޯނުތައް އެކި ރޭންޖް ތަކުގައި އުފައްދާ ފޯނުތައް ގިނަ ބަޔަކަށް ގަނެވޭނެ ގޮތް މަގުފަހި ކުރަމުންނެވެ.

އާންމު ގޮތެއްގައި އެޕަލް އަދި ސެމްސަންގެ ފޯނު ތަކާއި އަޅާ ބަލާއިރު 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދު ޒިއޯމީ ފޯނުތައް އަގު ހެޔޮ ކޮށް ވިއްކަ އެވެ. ނަމަވެސް އެކުންފުނިން މިހާރު ދަނީ އެ ކުންފުނީގެ "ހައި އެންޑް" ނުވަތަ އަގު ބޮޑު ފްލެގްޝިޕް ފޯނުތައް ވިއްކުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް