ads
ބައްޝާރުލް އައްސަދު ހުވާކުރުމުގެ ރަސްމިއްޔާތުގައި
95 އިންސައްތަ ވޯޓާއެކު ސީރިއާގެ ރައީސް ބައްޝާރުލް އައްސަދު 4 ވަނަ ދައުރަކަށް
މޭ މަހު އޮތް ރިޔާސީ އިންތިހާބު، 95 އިންސައްތަ ވޯޓާއެކު ކާމިޔާބު ކުރެއްވުމަށް ފަހު ސީރިއާގެ ރައީސް ބައްޝާރުލް އައްސަދު މިއަދު ހަތަރު ވަނަ ދައުރަކަށް ހުވާ ކުރައްވައިފިއެވެ.
Advertisement

މޭ މަހުގެ އިންތިހާބަކީ ގާނޫނާ ހިލާފަށް ކަންދެއްކުމަށް ބޭއްވި އިންތިހާބެއް ގޮތުގައި އެގައުމުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. 

އިންތިހާބުގައި 95.1 އިންސައްތަ ވޯޓް ކާމިޔާބު ކުރެއްވި އައްސަދު ވަނީ ހަތް އަހަރުގެ ހަތަރު ވަނަ ދައުރު މިއަދު ފެށި އިރު ހަނގުރާމެއްގެ ތެރޭގައި އޮތް އެގައުމުގެ ސަރުކާރުން ކޮންޓްރޯލްކުރާ ހުރިހާ ސަރަހައްދެއްގައި ވޯޓް ފޮށި ބަހައްޓާފައިވެއެވެ. 

ހޮނިހިރު ދުވަހު އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި 600 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ދީނީ ލީޑަރުން، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، ސިޔާސީ މީހުން އަދި އަސްކަރީ އޮފިސަރުން ހިމެނެއެވެ. 

ހުވާކުރުމަށް ފަހު އައްސަދު ދެއްކެވި ވާހަކައިގައި ވިދާޅުވީ ގައުމުގެ ރައްޔިތުން އެމީހުންގެ ބަސް ބުނެފި ކަމަށާއި އެމީހުން ސަރުކާރު ބަލައިގެންފި ކަމަށެވެ. އަދި ހުޅަނގުގެ އޮފިޝަލުން ނިންމާ ނިންމުންތައް ބަލައި ނުގަންނާނެ ކަމަށާއި އެގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ރައްޔިތުން ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އައްސަދު އެގައުމުގެ ވެރިކަމާ ހަވާލުވީ 2000 ވަނަ އަހަރު ބައްޕާފުޅު ހާފިޒް އަލް އައްސަދު އަވަހާރަވުމާއި ގުޅިގެންނެވެ. ބައްޕާފުޅު އެގައުމުގެ ވެރިކަމާ ހަވާލުކުރީ 1970 ވަނަ އަހަރު ހިނގި ބަގާވާތަކަށް ފަހު އެވެ. 

your imageއައްސަދު ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

18 މިލިއަން މީހުން ވޯޓުލާން ރަޖިސްޓާވެފައިވާއިރު އޭގެ ތެރެއިން 78.6 އިންސައްތަ މީހުން އިންތިހާބުގައި ވޯޓުލި ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އެއް ދުވަހަށް ކުރިއަށް ދިޔަ އެ އިންތިހާބުގައި މިނިވަންކަމާއެކު މޮނީޓާ ކުރެވިފައެއް ނުވެއެވެ. 

ރަމްޒީ ގޮތުން ކުރިއަށް ދިޔަ އެ އިންތިހާބުގައި އައްސަދު އާ ވާދަކުރި ދެ ކެނޑިޑޭޓުންނާ ބެހޭ މާ ބޮޑު މައުލޫމާތެއް އެނގިފައެއް ނުވެއެެވެ.  2014 ވަނަ އަަހަރު އޮތް އިންތިހާބުގައި އައްސަދު ވަނީ 89 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވާފައެވެ. 

އައްސަދު އިތުރު ދައުރެއް މިއަދު ފެށިގެން ދިޔައިރު 10 އަހަރުވެފައިވާ ހަނގުރާމަ އަދިވެސް އެގައުމުގައި ކުރިއަށް އެބަދެއެވެ. ހަނގުރާމާއިގައި އެތައް ސަތޭކަ ހާސް މީހުން މަރުވެފައިވާއިރު އިގްތިސާދީ ގޮތުން ގައުމު ވަނީ ބޮޑު ވަޅުގަނޑަކަށް ވެއްޓިފައެވެ. 

ސީރިއާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ގެދޮރު ދޫކޮށް އެހެންތަނަށް ގޮސްފައިވާއިރު އޭގެ ތެރެއިން ގިނަ ބަޔަކު އަވައްޓެރި ގައުމުތަކާއި ޔޫރަޕުގެ ގައުމުތަކަށް ހިޖުރަކޮށްފައިވެއެވެ. 

ހަނގުރާމައިގެ ސަބަބުން އެގައުމުގެ އިމާރާތްތައް ފަނާވެގެން ގޮސްފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. 

އދ އިން އަންދާޒާ ކުރާގޮތުގައި ސީރިއާގެ 80 އިންސައްތަ މީހުން އުޅެނީ ފަގީރުންގެ ގޮތުގައެވެ. 

ސީރިއާ ފައިސާގެ އަގު އިންތިހާއަށް ދަށަަށް ގޮސްފައިވާއިރު ތަކެތީގެ އަގު ވަނީ އަތް ނުފޯރާ ވަރަށް މައްޗަށް ގޮސްފައެވެ. 

ސީރިއާގެ ބައެއް ހިސާބުތަކުގައި ހަނގުރާމަ ކުރި ނަމަވެސް އެގައުމުގެ ބައެއް ސަރަހައްދުތައް ވަނީ ސަރުކާރުގެ ކޮންޓްރޯލުން ބޭރުގައެވެ. އެ ހިސާބުތައް ކޮންޓްރޯލް ކުރަނީ ބޭރު ގައުމުތަކުގެ އަސްކަރިއްޔާތަކުންނާއި އެގައުމުގެ ހަނގުރާމަވެރި ޖަމާތްތަކުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް