ދަ ކަޕިލް ޝަރްމާ ޝޯގެ ޝޫޓިން އަނެއްކާވެސް ފަށާފައިވާއިރު ކަޕިލް ވަނީ ޝޫޓިން ސެޓުން ގިނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. ކުރީގެ ބެއެއް ބައިވެރިންނާއެކު ކަޕިލްގެ ޝޯ ކުރިއަށް ގެންދާއިރު ޝޯގެ މުހިއްމު ރޯލެއް އަދާކުރި އަލީ އަސްގަރު ޝޫޓިން ތެރެއިން ފެނިފައެއް ނުވެެއެވެ.
ދަ ކަޕިލް ޝަރްމާ ޝޯގެ މިފަހަރު ޝޫޓިން ފެއްޓީ ކްރުޝްނާ އަބީޝޭކް، ބާރްތީ ސިން، ކިކޫ ޝަރްދާ، ސުރޭޝް ލެހްރީ އަދި ޗަންދަން ޕްރަބާކަރް އާއި އެކީގައެވެ. ކަޕިލް ވަނީ ޝޯގެ ހުރިހާ ކާސްޓުން ހިމެނޭހެން އެކީ ފޮޓޯތައް އިންސްޓަގްރާމްގައި ފޭނުންނާއި ހިއްސާކޮށްފައެވެ.
ކަޕިލް ޝަރްމާ ޝޯ އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ހިސާބުތަކުގެ މީހުންގެ މަގްބޫލްކަން ލިބިފައިވާ އިންޑިއާ ޗެނަލަކުން ގެނެސްދޭ އެންމެ ކާމިޔާބު ޝޯތަކުގެ ތެރެއިން ޝޯ އެކެވެ.