ads
ހަނިމާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވަނީ
އެމްއެންޑީއެފްއަށް ބިމެއް ހާއްސަކުރަނީ ނޮދާން ކޮމާންޑު ހަނީމާދޫއަށް ބަދަލުކުރަން: ރައީސް
ހދ. ހަނިމާދޫން އެމްއެންޑީއެފްއަށް ހާއްސަކުރާ ބިމަކީ އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ހާއްސަކުރާ ބިމެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިިހް ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫގެ މިހާރުގެ އެއަޕޯޓް އޮތް ސަރަހައްދުން އިތުރު 853،937 އަކަފޫޓުގެ ބިން ނަގަން ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ އެއާޕޯޓް ތަރައްގީއަށް ހާއްސަކުރާ ބިމަކާއި، އެމްއެންޑީއެފްއަށް ހާއްސަކުރާ ބިމަކާއި އެކުއެވެ.  

ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅުގައި ހަނިމާދޫއިން އެހާ ބޮޑު ބިމެއް ނެގުމާއިމެދު އެރަށު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ސޯލިހް ވަނީ އެއާޕޯޓް ތަރައްގީކުރުމަށް އެ ސަރަހައްދުން ނަގާ ބިމުގެ އިތުރުން އެމްއެންޑީއެފްއަށް ބިމެއް ހާއްސަ ކުރާ ސަބަބު ހާމަކުރައްވާފައެވެ. 

ރައީސް ސޯލިހު ވިދާޅުވީ، އެމްއެންޑީއެފަށް ހާއްސަކުރާ ބިމަކީ އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ހާއްސަކުރާ ބިމެއްކަމަށެވެ. އަދި އެއީ، މުޅި އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަ ކުރުމުގެ ގޮތުން ގެންނަވާ ބަދަލެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ. 

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ނަގާ ބިމުން އަސްކަރީ ބޭނުމަށް ވެސް ބައެއް ހާއްސަކުރާތީ އެއީ އިންޑިއާ ސިފައިން އެތަނުގައި ބޭތިއްބުމަށް ހަދާ ތަނެއް ކަމުގެ ކަންބޮޑުވުންތައްވެސް އުފެދުނެވެ. މިކަމާއި ދެކޮޅަށް ހަނިމާދޫގެ ރައްޔިތުން ވަނީ "ސޭވް ހަނިމާދޫ" ގެ ނަމުގައި 200އަށް ވުރެ ގިނަ މީހުންގެ ސޮއާއިއެކު ޕެޓިޝަނެއް ތައްޔާރުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހުށަހަޅާފައެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު މީގެ ކުރިން ސީއެންއަމްއަށް ވިދާޅުވެފައިވާ ގޮތުގައި އެމައްސަލަގައި ކައުންސިލުން ބޭނުންވަނީ ތިން ގޮތެކެވެ. ފުރަތަމަ ގޮތަކީ ބިން ބޭނުން ވަނީ ނަމަ  ބިން ހިއްކުމަށް ފަހު ރައްޔިތުންނަށް އެބިމާއި އެއްވަރުގެ ބިމެއް ސަރުކާރުގެ ފަރާތުން ދިނުމެވެ. ދެވަނަ ގޮތަކީ އެތަނުން ކުއްޔެއް ކައުސިލަށް ލިބުން، ނުވަތަ ތަރައްގީ ކުރުމަށް ފަހު ވަކި މުއްދަތެއް ދިނުމަށް ފަހުން އަލުން އަނބުރާ ބިން ކައުންސިލާ ހަވާލުކުރުމެވެ.

މައުލޫމާތު ލިބޭގޮތުން ރައީސް ސޯލިހު ހަނިމާދު އަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލު ކުރައްވައި ވަނީ، ކުރިން ބިން ނަގަން އުޅުނު ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް އެތަން ބަދަލު ކުރުމަށް އެއްބަސްވެވަޑައިގަންފައެވެ. އެހެންނަމަވެސް ބިން ކުަޑަކުރުމާއިމެދު ގޮތެއް ނިންމިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް