ads
ހައްޖުވެރިން ދުރުދުރުގައި ތޮވާފް ކުރަމުންދަނީ-
ހައްޖުވުމުގެ ފުރުސަތު މިއަހަރު ލިބުނީ 4 ދިވެއްސަކަށް
ހައްޖުގެ އަޅުކަން އަދާ ކުރުމަށް ހަތަރު ދިވެއްސަކަށް މި އަހަރު ފުރުސަތު ލިބިއްޖެ އެވެ.

ކޮވިޑްގެ ހާލަތާގުޅިގެން ސައުދީ އަރަބިޔާ އިން ވަނީ ހައްޖުވުމުގެ ފުރުސަތު އެގައުމުގެ މީހުންނާއި އެގައުމުގައި ދިރިއުޅޭމީހުނަށް އެކަނި ކުރެވޭ ގޮތަށް ހަނިކޮށްފައެވެ.

ފުރުސަތު ލިބުނު ދިވެހިންގެ ތެރޭގައި ހިމެނެނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެޝިއާ ޑިރެކްޓަރުގެ ގޮތުގައި ރާއްޖޭގެ ފަރާތުން ހުންނެވި އަހުމަދު ސަރީރާއި އިތުރުން ސައުދީގެ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލުންނެވެ.

ސަރީރު ވިދާޅުވީ ހައްޖުގެ އަޅުކަން އަދާ ކުރަން ފުރުސަތު ލިބުނު މަދު ދިވެހިންގެ ތެރޭގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މިދިޔަ އަހަރާއި މިއަހަރު ވެސް ހައްޖުވާން ސައުދީއަށް އެތެރުވާން އެއްވެސް މީހަކަށް ފުރުސަތު ދީފައެއް ނުވެ އެވެ.

މިދިޔަ އަހަރު ހައްޖުވުމަށް ފުރުސަތު ދީފައިވަނީ 1،000 މީހަކަށެވެ. އޭގެ ތެރޭގައި ފަސް ދިވެއްސަކު ހިމެނުނެވެ. މިއަހަރު ފުރުސަތު ލިބުނު މީހުންގެ ތެރޭގައި 150 ގައުމެއްގެ މީހުން ހިމެނެ އެވެ. ހައްޖުވުމަށް ފުރުސަތު ދީފައިވަނީ އުމުރުން 18 އަހަރާއި 61 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުނަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް