ads
ވެލާނާ އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން---
މިއަހަރު އައި ޓޫރިސްޓުން ގިނަ، ރަޝިޔާއިން އެކަނި ލައްކައަކަށް ވުރެގިނަ
މިހާތަނަށް ފަސް ލައްކައަށްވުރެ ޓޫރިސްޓުން އަތުވެއްޖެ
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު އައި ޖުމުލަ އަދަދަށް ވުރެ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް 564،228 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައީ 555،494 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދަށްވީ ކޮވިޑް-19އާ ގުޅިގެން ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމުންނެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ނަމަވެސް މިދިޔަ އަހަރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު އޮތީ ބަންދުކޮށްފަ އެވެ. އެހެންވެ ޓޫރިސްޓުންގެ އަދަދު ވެސް އިތުރެއް ނުވި އެވެ.

މި އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން ލައްކަ އަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު ދެވަނައިގައި އުޅެނީ އިންޑިއާ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ދެ މަސް ދުވަހު ދެކުނު އޭޝިއާގެ ޓޫރިސްޓުން އައުން މަނާ ކުރުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ސަރަހައްދުގެ ގައުމުތަކަށް ރާއްޖެ ހުޅުވާލުމާއެކު އަނެއްކާވެސް ޓޫރިސްޓުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް