ads
ކްރިތީ ސަނަން
"މިމީ" ކުޅެމުން އިތުރު ޕްރޮޖެކްޓެއްގައި ކްރިތީއަށް މަސައްކަތް ނުކުރެވުނު ސަބަބު މިއޮތީ
ބޮލީވުޑް ފިލްމް "މިމީ" ގެ ޝޫޓިން ކުރިއަށް ދިޔައިރު އިތުރު އެއްވެސް ޕްރޮޖެކްޓެއްގައި ކްރިތީ އަށް މަސައްކަތް ނުކުރެވުނު ސަބަބު ދާދިފަހުން ކްރިތީ ވަނީ ހާމަކޮށްފައެވެ.
Advertisement

ސަބަބެއްގެ ގޮތުގައި ކްރިތީ ބުނެފައިވަނީ "މިމީ" ގެ ޝޫޓިން އަށް ކްރިތީގެ ބަރުދަން ވަރަށްބޮޑަށް އިތުރުކުރަން ޖެހުނުކަމަށެވެ. އެގޮތުން 2 މަސް ތެރޭގައި 15 ކިލޯ އިތުރުކުރިކަމަށް ކްރިތީ ވަނީ ބުނެފްއެވެ. އަދި ގިނަ އެވޯޑް ހަފްލާތަކުގައި ޕާފޯމް ނުކުރެވިދިޔަކަންވެސް ކްރިތީ ވަނީ ހާމަ ކޮށްފައެވެ. އެވޯޑް ހަފްލާތަކުގައި ޕާފޯމް ނުކުރެވި ދިޔައީ ނެށުމުގެ ސަބަބުން ބަރުދަން ވަރަށް ފަސޭހައިން ލުއިވެގެން ދާތީކަމަށް ކްރިތީ ވަނީ ފާހަގަކޮށްފައެވެ.

"މިމީ" އަކީ 2011 ވަނަ އަހަރުގެ ރިލީސް ކުރެވުނު މަރާޓީ ފިލްމް "މާލާ އަޢީ ވައިޗީ" ގެ ރިމޭކް ފިލްމެކެވެ. "މިމީ" ފިލްމްގައި ކްރިތީ ފެނިގެންދާނީ "ސަރޮގޭޓް މަންމަ" އެއްގެ ރޯލުންނެވެ.

ކްރިތީ ގެ އިންސްޓަގްރާމްގެ ޕޯސްޓުތަކަށް ބަލާލާއިރު މި ފިލްމުގައި ކްރިތީގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ވަރަށް ބޮޑަށް ފެނިގެންދެއެވެ. މީގެ ދެ ދުވަސް ކުރިން ކްރިތީ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ކްރިތީ ވަނީ އޭނާ ފިލްމް "މިމީ" ގައި އެންމެ ފަލަކޮށް ފެންނަ ފޮޓޯ ހިއްސާކޮށްފައެވެ. 


މި ފޮޓޯއަށް 9 ލައްކައަށްވުރެ ގން ލައިކުސް ލިބިފައިވާއިރު ހަތަރު ހާހަށްވުރެ ގިނަ ކޮމެންޓުވަނީ ފޭނުންގެ ފަރާތުން ލިބިފައެވެ. މި ފޮޓޯއަށް ފަހު ހޯމަ ދުވަހުވެސް ކްރިތީ ވަނީ ފިލްމް ސެޓުގައި ނަގާފައިވާ ފޮޓޯއެއް "މަންޑޭ މިމީ މޫޑް" ކެޕްޝަންގައި ފޮޓޯއެއް ހިއްސާ ކޮށްފައެވެ.  

މި ފިލްމް ޝޫޓިން ނިމުމަށް ފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތް ނުކުރެވި ދިޔަ ކަމަށާއި އެއީ ބަރުދަން އަނެއްކާވެސް ކުރިން ހުރިވަރަށް ލުއި ކުރަން ދުވަސްކޮޅެއް ނެގީމަކަމަށް ހިންދުސްތާން ޓައިމްސް އަށް ކްރިތީ ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ. 

ފިމުގެ ޝޫޓިން ކުރިޔަށް ދިޔައިރު ކްރިތީ އަސްލު ވެސް ބަނޑު ބޮޑު މީހެއްގޮތަށް ސިފަކުރެވުނުކަމަށް ފިލްމުގައި ކްރިތީ އާއި އެކު މަސައްކަތްކުރި ފަރާތްތަކުން ވަނީ އެކި ފަހަރު މަތިން ދިން އިންޓަވިއުތަކުގައި ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް