ads
މާލެ ސިޓީ މޭޔަރު ޑޮކްޓަރު މުހައްމަދު މުއިއްޒު އާއި ހައުސިން މިނިސްޓަރު އަހުމަދު އަސްލަމް-
ހިޔާ ފްލެޓްގެ މުއްދަތު އިތުރުކޮށް ނުދޭތީ މޭޔަރު ކަންބޮޑުވެއްޖެ
ހިޔާފްލެޓްގެ ފިނިޝިން މުއްދަތު އިތުރުކޮށްނުދޭތީ މާލޭ ސިޓީކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދިނުމަށް ނިންމާފައިވާ ތިން މަހުގެ މުއްދަތު ގުނަށް ފަށާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފައިވާ ހަބަރަކާއިގުޅިގެން މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ އަދިވެސް ތިންމަސްދުވަސް އިތުރުކުރާކަށް ނުވޭތޯ ސުވާލުކުރައްވާފައެވެ.

ފްލެޓްގެ ފިނިޝިން މަސައްކަތް ކުރުމަށް ދީފައިވާ ތިން މަސް ދުވަސް ގުނަށް ފަށާނެ ތާރީހު އަންނަ ހަފްތާގައި އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ. އެއްބަސްވުމުގައި ސޮއިކުރުމާއެކު ފްލެޓް ލިބުނު ފަރާތްތަކަށް ދަޅުތަނޑި ވަނީ ހަވާލު ކޮށްފައެވެ.

މުއިއްޒު ވިދާޅުވީ ފިނިޝިން މަސައްކަތްތަކަށް އިތުރު ނުވަމަސް ދުވަސްދޭން އެދޭކަމަށާއި އެކަމުގެ ލިޔެކިއުންވެސް މިހާރު ފޮނުވާފައި ވާނެކަމަށެވެ. އެހެންނަމަވެސް އަދިވެސް ހަބަރެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ އެގްރީމެންޓް ސޮއިކުރުމުގެ މަސައްކަތް ވަނީ މި މަހުގެ 14 ވަނަ ދުވަހު ފަށާފާއެވެ.  އެގްރީމެންޓްގައިވާ ގޮތުން ކަރަންޓު ގުޅައިދެވެނީ 2000 ރުފިޔާއަށެވެ.

ފްލެޓްތައް ލިބުނު މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުލީގެ މައްސަލައެވެ. ކުލިކުުޑަކޮށްދޭން މަޖިލީހަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ސަރުކާރުން ބުނި ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށް ކަމަށް އިދިކޮޅުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް