ads
ނޭހާ އާއި އަންގަދް
ނޭހާ އާއި އަންގަދް އަށް ދެވަނަ ދަރިޔަކު ލިބެނީ
ބޮލީވުޑްގެ ކާމިޔާބު ބަތަލާ ނޭހާ ދޫޕިއާ އަށް ދެވަނަ ދަރިޔަކު ލިވެން އުޅޭކަން އިއުލާންކޮށްފިއެވެ.

ނޭހާ މިކަން ހާމަ ކޮށްފައިވަނީ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. ފޮޓޯގައި ނެހާ އާއި ފިރިމީހާ އަންގަދް ބޭދީގެ އިތުރުން ނޭހާގެ 2 އަހަރުގެ ދަރިފުޅު މެހެރް ފެނިގެންދާއިރު، އަންގަދު ހުރީ ދަރިފުޅު މެހެރް އެއްއަތުން އުރާލައިގެން އަނެއް އަތުން ނޭހާގެ ގައިގައި ހިފަހަައްޓައިގެނެވެ.

 ނޭހާ އާއި އަންގަދު ކައިވެނި ކުރީ 2018 ވަނަ އަހަރު ކުރީކޮޅު އެވެ، އަދި އަލަތު ދަރިފުޅު މެހެރް ލިބިފައިވަނީވެސް 2018 ވަނަ އަހަރުއެވެ. 

ދެވަނަ ދަރިފުޅަށް ބަނޑުބޮޑުކަން އެނގުނީ ނޭހާގެ ފިރިމީހާ އަންގަދް ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދުވަސްކޮޅުކަމަށް ހިންދުސްތާން ޓައިމްސް އަށް މައުލޫމާތު ދެމުން ނޭހާ ވަނީ ބުނެފައެވެ. އެހެންކަމުން އެ ދުވަސްކޮޅަކީ ވަރަށްވެސް ހިތްދަތި އުނަދަގޫ ދުވަސްކޮޅެއް ކަމަށް ނޭހާ ވަނީ ބުނެފައެވެ.

ޕިންކްވިލާ އަށް މައުލޫމާތުދެމުން އަންގަދު ބުނެފައިވަނީ މީވެސް ވަރަށް ތަފާތު އެކްސްޕީރިއެސް އެއް ކަމަށާއި، ދަތި ނަމަވެސް ނޭހާ ދަނީ އޭނާގެ ހުރިހާ ޕްރޮޖެކްޓުތަކެއްގައި ހިތްވަރާއިއެކު މަސައްކަތްކުރަމުން ކަމަށެވެ. އަދި އެއާއެކު އާއިލާ އަށް މެންބަރަކު އިތުރުވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއްކަމަށް އަންގަދު ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް