ads
ގޯލްޑި ޔެބެސް——
މިއީ އާދަޔާ ހިލާފް ހުނަރެއް ލިބިފައިވާ 21 އަހަރުގެ ޒުވާނެއް!
އުމުރުން އެންމެ 21 އަހަރުގެ ފިލިޕީންސްއަށް ނިސްބަތްވާ ގޯލްޑި ޔެބެސް އަކީ ހުނަރުވެރި ކުރެހުންތެރިއެކެވެ. އެހެންނަމަވެސް ޔާބެސް އެންމެ ތަފާތުވާ އެއް ސަބަބަކީ އޭނާގެ ކެމަފްލާޖް އާޓް ތަކުންނެވެ. އެއީ ރަށެއް ނުވަތަ އާއްމުން އެއްވާ މައިދާނެއް ނުވަތަ ވެލީއެއް ކަމަށްވީނަމަވެސް ޔެބީސް އޭނާގެ ކުރެހުމުން އެތަނުގައި ހުރެމެ އަމިއްލަ މޫނު ފޮރުވާލުމުގެ ހުނަރުވެރިކަން އޭނާއަށް ވަނީ ލިބިފައެވެ.

އުމުރުން 21 އަހަރުގެ ޔެބެސް އަންނަނީ އޭނާގެ އަޖައިބުވަނިވި މި ކުރެހުންތައް ސޯޝޯލް މީޑިއާގައި ދައްކާލަމުންނެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ، ކްއިރިނޯ ހިލް ސީނެރީ ފެންނަ ކެމަފްލާޖް  ފޭސް ޕެެއިންޓިންއެއްގެ ސަބަބުންނެވެ. 

your imageޔެބެސް އޭނާގެ މޫނުގައި ކުރުހާފައިވާ މަންޒަރެއް

އެ ފޭސް ޕެއިންޓިންގައި އޭނާވަނީ ހިލްގެ މަތިން ފެންނަ ގުދުރަތީ ރީތި މަންޒަރު އޭނާގެ މޫނުގައި ކުރެހި ކުރެހުމުން ކެމަފްލާޖް ކޮށްލާފައެވެ. އެ ކުރެހުމުގެ މޮޅު ކަމުން ގިނަ ބަޔަކު އަންނަނީ އެއީ އެޑިޓެއް ކަމަށް ވެސް ބުނަމުންނެވެ. އެހެންނަމަވެސް އޭނާ ވަނީ އެކަމަށް ރައްދުދިނުމުގެ ގޮތުން އަލުން އެމަންޒަރު ފެންނަ ކުރެހުން އެނާގެ މޫނުގައި ކުރަހާ މަންޒަރު ޔޫޓިއުބް ވީޑިއޯއެއްގައިވެސް ދައްކާލާފައެވެ.

 

މީގެ އިތުރުންވެސް ވެލީ ތަކާއި، ކޯރުތަކާއި ޕާކުތަކުގެ ކެމަފްލާޖް ކުރެހުންތަކެއްް އޭނާވަނީ މޫނުގައި ކުރުހާފައެވެ.

your imageޔެބެސް އޭނާގެ މޫނުގައި ކުރުހާފައިވާ މަންޒަރެއް

 މި ފޮޓޯތައްވެސް ވައިރަލްވެ، އޭނާ މިހާރުވަނީ ގިނަ ކުރެހުންތެރިންގެ އިންސްޕްރޭޝަން އަކަށްވެސް ވެފައެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް