ads
މާލެއަށް ކަރަންޓްދޭ އިންޖީނުގެ--
މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ
މުޅި މާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

 ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް މިއަދު ނުނިމިއްޖެކަމުގައި ވަނީ ނަމަ މާދަމާވެސް އެ މަސައްކަތް ކުރާނެކަމަށާއި މިކަމުގެ ސަބަބުން މާދަމާވެސް ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯގެ މީޑިޔާ އޮފިޝަލް އަހުމަދު މުހައްމަދު (އޭޑީ) ވިދާޅުވިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އަހުމަދު އިތުރަށް ވިދާޅުވީ މިހާރު މާލޭގެ 80 އިންސައްތައަށް ކަރަންޓު ފޯރުކޮށްދެވިފައިވާކަމަށާއި ބާކީ އޮތް 20 އިންސައްތައަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި ކަރަންޓު އިރުކޮޅުކޮޅާ ކަނޑައިގެން ނުދާނެކަމަށާއި ކަރަންޓުދާނީ ދުވާލަކު އެއްފަހަރު އެއްގަޑި އިރަށް ކަމުގައެެވެ.

ސްޓެލްކޯއިން ބުނީ  ގްރޭޓާމާލެ ގްރިޑްގެ ދެެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މުޅި މާލެއިން ވަނީ ކަރަންޓުކެނޑިފައިކަމަށާއި ވިހާވެސް އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. 

މީގެ އިތުރުން ސްޓެލްކޯއިން ބުނީ  މުޅި މާލެއަށް ކަރަންޓު އަލުން ދިނުމަށް ގަޑިއެއްހާއިރު ހޭދަވާނެކަމަށް ބެލެވޭކަމަށެވެ. 

އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރަމުންދާއިރު، މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަން ކުރިން ވަނީ މީޑިއާތައް މެދުވެރިކޮށް އާންމުންނަށް އެންގިފައެވެ. މީގެ އިތުރުން ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް