ads
ފްރޮންޓްލައިންގެ މުއައްޒަފުންތަކެއް - ފޮޓޯ:ސޯޝަލްމީޑިއާ
12 ހާހަށްވުރެ ގިނަ މީހުންނަށް ރިސްކް އެލަވަންސް ދީފި
ކޮވިޑް-19 އާއި ގުޅިގެން ސިއްހީ އަދި އެހެނިހެން ދާއިރާތަކުގައި ކުރީ ސަފުގައި މަސައްކަތްކުރި 12 ހާހަށްވުރެ ގިނަ މުވައްޒަފުންނަށް ރިސްކް އެލަވަންސް ދީފިއެވެ.

ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ރިސްކު އެލަވަންސަކީ ކޮވިޑުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރީ ސަފުގައި މަސައްކަތްކުރި މީހުންނަށް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުޖޫރައެކެވެ.

މިގޮތުން މިނިސްޓްރީ އޮފް ފިނޭންސުން އާންމުކުރި ބަޔާނެއްގައި މިހާތަނަށް މުޅިއެކު 165.72 މިލިއަން ރުފިޔާ ކުރީ ސަފުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ދީފައިވާނެކަމަށް ބުނެފައިވެއެވެ.

އަދި 12،479 މުއައްޒަފަކަށް މި އެލަވަންސް ދެވިފައިވާނެކަމަށްވެސް އެމިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކުރީ ސަފުގައި މަސައްކަތްކުރާ މީހުން 3 ކެޓަގަރީއަކަށް ބަހާލެވިފައިވާއިރު، ހައި ރިސްކާއި، މީޑިއަމް ރިސްކުގެ އިތުރުން ލޯ ރިސްކަށް ވަނީ ބަހާލެވިފައެވެ. އަދި އެމީހަކު ބެހިގެންވާ ރިސްކަށް އެކަށީގެންވާ އެލަވަންސް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވެއެވެ.

ފްރޮންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުގައި ތިބޭ މީހުންނެވެ. އަދި އެ މުވައްޒަފުންނަށް މަސައްކަތަށް ނިކުންނަ ދުވަހަކަށް 500 ރުފިޔާ ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް