ads
ގއ. ދާންދޫ
އީދު ކުލަ ޖެހުމުގެ ތެރޭގައި އަންހެނަކާ ފިރިހެނަކު މާރާމާރީ ހިންގައިފި
ގއ. ދާންދޫގައި އީދު ފާހަގަކުރުމަށް ކުލަ ޖެހުމުގެ ތެރޭގައި އަންހެނަކާ ފިރިހެނަކާ ދެމެދު ހަމަނުޖެހުން ހިނގައި، މާރާމާރީއެއް ހިނގައިފިއެވެ.

މިކަން ހިނގައިދިޔަ ގޮތް އެނގޭ މީހަކު ސީއެންއެމްއަށް ބުނި ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ދާންދޫ އަންހެނުންގެ ތަރައްގީއަށް ކުރިއަރުވާ ކޮމިޓީގެ ނައިބު ރައީސާ މުޒައިނާ މުހުތާރު އާއި އެރަށު ޒުވާން ފިިރިހެނަކާ ދެމެދުގައެވެ. 

މިކަމާ ގުޅިގެން މުޒައިނާ ސީއެންއެމްއަށް ވިދާޅުވީ މިިކަން ހިނގައިދިޔައީ ކުލަ ޖަހަން އުޅުމުގެ ތެރޭގައި މަގުމަތީގައި ކަމަށެވެ. އަދި އޭނާގެ ގަޔަށް ކުލަ ޖެހުމުން ރުޅި އައިސް، ގޮށްމުށުން ޖެހުމަށްފަހު، އިސްތަށިގަނޑު އަތަށް އޮޅައި ބާރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. 

މުޒައިނާގެ ވާހަކަތަކާ ފިރިހެން މީހާގެ ވާހަކަތައް ތަފާތުއިރު، މިކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން ފިރިހެން މީހާގެ ގާތް މީހަކު ބުނީ މައްސަލަ ފެށުނީ ފިރިހެން މީހާ ގޭގައި އިންދާ، މުޒައިނާ އައިސް އެގެއަށް ވަދެ ކުލަ ޖަހަން ފެށުމުން ކަމަށެވެ. އަދި ގަދަކަމުން ކުލަ ޖަހަން އުޅުމުގެ ތެރޭގައި ފިރިހެން މީހާގެ ފޯނު ވެއްޓި ހަލާކުވިކަމަށާއި ފިރިހެން މީހާ އެކަމާ ރުޅި އައިސްގެން، މުޒައިނާގެ ގަޔަށް ވަރަށް ގަދައަށް ކުލަ ޖަހައި ހެދިކަމަށެވެ. އޭނާ ބުނި ގޮތުގައި ފިރިހެން މީހާގެ ކަރުގައި މުޒައިނާ ވަރަށް ގަދައަށް ވަކި އަޅާފައިވެއެވެ.

ހަމަނުޖެހުމުގައި ހިމެނޭ ދެމީހުން ވެސް ދާންދޫ ސިއްހީ މަރުކަޒުން ފަރުވާ ހޯދާފަވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ ގއ. ދާންދޫގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް މިއަދު ހަވީރު 17:00 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެެެއެވެ.

48%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް