ads
ހިޔާ ފުލެޓްތައް
900 އަށް ވުރެ ގިނަ މީހުން ފްލެޓް ބަދަލު ކުރަން އެދެނީ
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ބައިގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 900 އަށްވުރެ ގިނަ މީހުން ފްލެޓް ބަދަލުކުރަން ހުށަހަޅައިފިއެވެ.

25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން، "ހިޔާ ޔޫނިއަން" މެދުވެރިކޮށް ފްލެޓް ލިބުނު މީހުން، އެމީހުންގެ ފަންގިފިލާ ބަދަލުކުރުމަށް ހުށަހަޅާފައިވާއިރު، ޓަވަރުގެ ފަންގިފިލާތައް ބަދަލުކުރަން އެދޭ މީހުނަށް އެފަދައިން ހުށަހެޅޭގޮތަށް ހަދާފައިވެއެވެ.

އަދި ޓަވަރުގެ މަތީބުރިން ފްލެޓް ލިބުނު މީހަކަށް ތިރީބުރިއަށް ބަދަލުވުމަށް ދެފަރާތުން ގުޅިގެން އެކަން ކުރުމަށް ހިޔާ ޔޫނިއަން"ގެ ފްލެޓް އެކްސްޗޭންޖް ޕްލެޓްފޯމުގެ ހިދުމަތް ވަނީ ހުޅުވާލާފައެވެ.

މި ހިދުމަތް ދިނުމަށް ހުޅުވާލާފައިވާއިރު، ފްލެޓް ލިބުނު 900 އަށްވުރެ ގިނަ މީހުން ވަނީ އެމީހުނަށް ލިބުނު ފަންގިފިލާ ބަދަލުކުރުމަށް އެދިފައިކަމަށް އެޔޫނިއަން އިން މައުލޫމާތުދެއެވެ.

ހަމައެހެންމެ ފްލެޓް ލިބުނު މީހުން ދަނީ ސޯޝަލްމީޑިއާ އާއި ހިޔާ ފްލެޓްގެ ވައިބާ ގްރޫޕްތަކުގައި މައުލޫމާތު ހިއްސާކޮށް ފަންގިފިލާ ބަދަލުކޮށްދިނުމަށް އެދެމުންނެވެ.

މީގެއިތުރުން ފްލެޓާއި ހަވާލުވާ މީހުން ވަކި މުއްދަތަކަށް، މަހުގެ ކުލީގެ ގޮތުގައި 8،500 ރުފިޔާ ދެއްކުމަށް ސަރުކާރުން ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް އާންމުން ދަނީ ފިނިޝިން ނިންމުމަށްދޭ ތިން މަހާއި ކުލި ކުޑަކޮށްދިނުމަށް އެދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް