ads
ކުކުޅު
ކުކުޅު ކަތިލިކަމުގެ ތުހުމަތު ފުލުހުން ދޮގު ކޮށްފި
ކުޑަކުދިން ކާންދީ ގެންގެޅޭ ކުކުޅުތަަކެއް ކަތިލިކަމުގެ ތުހުމަތު ފުލުހުން ދޮގު ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ސީއެންއެމް އިން ސުވާލުކުރުމުން ފުލުހުން ބުނީ އެއިދާރާއިން ބެލިބެލުމުގައި ފުލުހުންގެ އެއްވެސް މީހަކު މިކަމުގައި ޝާމިލުވެފައިވާކަމަކަށް އެނގިފައިނުވާކަމަށެވެ.

މި ކުކުޅުތަކަކީ މާލެ އާޓިފިޝަލް ބީޗުގައި ހުންނަ ދަނޑު ކުރިމަތިން ފެންނަ ކުކުޅުތަކެކެވެ.

އަދި މިކަން ހިނގީ ރޭގެ ވަގުތެއްގައި ކަމަށާއި، ފުލުހުން ކުކުޅު ހިފައި ކަތިލި މަންޒަރު އާންމުންގެ ގިނަ ބަޔަކަށް ވަނީ ފެނިފައެވެ.

ފުލުހުންގެ އިދާރާއަށް މިމައްސަލަ ހުށަހަޅާފައިވަނީ ރޭގެ 8:05 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަދައިން މިކަން ކުރިއިރު، ފުލުހުން ތިބީ ފުލުހުންގެ ޔުނީފޯމްގައިކަމަށާއި ކުކުޅުތަކަށް އަނިޔާކޮށް ގަލުން ތެޅުމަށްފަހު ހިފައިގެން ކަތިލީކަމަށް ބައެއް މީސްމީޑިއާއިން ހަބަރުދެއެވެ.

އަދި އެވަގުތު އެ ފުލުހުން ބޭނުންކުރަމުން ދިޔައީ ފުލުހުންގެ ސައިކަލުކަމަށްވެސް މައުލޫމާތުލިބެއެވެ.

މިކަމާއި ގުޅިގެން މައްސަލަ ހުށަހެޅި މީހާއަށް ފުލުހުންގެ ކިބައިން މަލާމާތާއި ފުރައްސާރަލިބުމުގެ އިތުރުން މައްސަލަ ހުށަހެޅުމަށް ދިއުމުން ވަކި އެއްޗެއް ބުނެފައިނުވާކަމަށް ހަބަރުލިބިފައިވެއެވެ.

your imageފުލުހުން އެއަމަލު ހިންގިކަމަށް ބުނާ ސަރަހައްދު- ފޮޓޯ: ވަގުތު ނިއުސް

އަދި މިމައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް