ads
ރަޝިޔާގެ ރައީސް ވެލެޑިމިއާ ޕުޓިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން
ބައިޑެން އަށް ފުރަތަމަ ލީޑަރެއް ކަމުގެ އިހުސާސް ކުރެވުނީ ޕުޓިން އާއި ބައްދަލުވުމުން
ފުރަތަމަ ދުނިޔޭގެ ލީޑަރެއް ކަމުގެ އިހުސާސް ކުރެވުނީ ރަޝީޔާގެ ރައީސް ވްލަޑިމިރް ޕުޓިން އާއި ބައްދަލުވުމުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
Advertisement

ސީއެއެންއެން ޓައުން ހޯލް އިވެންޓްގައި ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވީ ރައީސް އެއް ކަމުގެ އިހުސާސް އޭނާއަށް ކުރެވެނީ ވަރަށް މަދު ފަހަރެއްގައި ކަމަށެެވެ. އަދި ރައީސް އޮފީހާއެކު ލިބިފައިވާ ބާރުތަކުގެ އިހުސާސްވެސް ނުކުރެވޭ ކަމަށް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވީ ފުރަތަމަ ފަހަރަށް އޮފީހުގެ ބާރު އިހުސާސް ކުރެވުނީ ޖޫން މަހުގައި އޮތް ޖީ7 ސަމިޓަށް ވަޑައިގެން ދުނިޔޭގެ ލީޑަރުންނާއި ބައްދަލުވުމުން ކަމަށެވެ.

އަދި ރަޝިޔާގެ ރައީސް ޕުޓިން އާއި ބައްދަލުވުމުން "މިނިވަން ދުނިޔޭގެ ލީޑަރެއް ކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

"އަބަދުވެސް މިނިވަން ދުނިޔޭގެ ލީޑަރު ކިޔާ އަޑު އިވޭނެ." އެކަމަކު އަހަރެންނަށް އެ އިހުސާސް ކުރެވުނީ އަހަރެން ޕުޓިން ކުރިމަތީ އިށީންދެލައިގެން އިންއިރު. އަހަންނަށް އޭނާ އިނގޭ. އޭނައަށް އަހަރެން އިނގޭ. އޭނައަކީ ކާކުކަން އަހަންނަށް އިނގޭ. އޭނައަށް އިނގޭނެ އަހަރެން ބުނާ ކަންތައް ވާނޭ ކަން އޭނާއަށް އިނގޭ، އަދި ކުރެވޭނެ ކަން ވެސް އިނގޭނެ. ސީއެންއެން ޓައުން ހޯލް އިވެންޓުގައި ބައިޑެން ވިދާޅުވިއެވެ.

ޖީ7 ސަމިޓުގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ރައީސް ބައިޑެން ވަނީ ރަޝިއާގެ ލީޑަރަކީ ގާތިލެއް ކަމަށް ތުހުމަތު ކޮށްފައެވެ. އެމައްސަލައިގައި ރަޝިޔާއިން ވަނީ ވޮޝިންޓަނަށް ކަނޑަައަޅައިފައިވާ އެމްބަސަޑަރު އަނބުރާ ގައުމަށް ގެނެސްފައެވެ. އަދި އެގައުމުގައި ހުރި އެމެރިކާ އެމްބަސަޑަރުވެސް އަނބުރާ ގައުމަށް ދިއުމަށް ލަފާ ދީފައެވެ. 

ޖީީ7 ސަމިޓަށް ފަހު ސްވިޒަލޭންޑުގެ ޖެނީވާގައި ބައްދަލުކުރެއްވުމަށް ފަހު އެ ދެ ލީޑަރުން ވަނީ ހީނަރުވެފައިވާ ގުޅުން ބަދަހި ކުރުމަށް ގިނަ ނިންމުންތައް ނިންމާފައެވެ. އެގޮތުން އަނބުރާ ގައުމަށް ގެނައި އެމްބަސަޑަރުންވެސް އެމީހުންގެ މަގާމަށް އަނބުރާ ފޮނުވަން ނިންމާފައިވެއެވެ.

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް