ads
ހުކުރު މިސްކިތުގައި މެޑިޑޭޓް ކުރަނީ
އިންޑިއާ އަންހެނަކު މިސްކިތެއްގެ ހުރުމަތް ކެނޑުން: ފުލުހުން އަދިވެސް މައްސަލަ "ބަލަނީ"!
އަންހެނަކު މާލޭގެ އާސާރީ ހުކުރު މިސްކިތުގައި ހަމަޖެހިލައިގެން "މެޑިޑޭޓް" ކުރަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެ ގިނަބަޔަކު ދަނީ އެމައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
Advertisement

މިކަމާއި ގުޅިގެން ސީއެންއެއިން ސުވާލުކުރުމުން ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ، އެވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމުން ފުލުހުން މިސްކިތަށް ދިޔަ ކަމަށާއި އެހެން ނަމަވެސް އޭރު އެފަދަ އެއްވެސް ކަމެއްވެސް އަދި އެއްވެސް އެއްޗެއްވެސް މިސްކިތުން ފެނިފައި ނުވާކަމަށެވެ. 

އަދި ފަހުން އެމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރެވިފައިވޭތޯ ފުލުހުންނާއި ސުވާލުކުރުމުން ބުނީ، މާލޭ ހުކުރު މިސްކިތައް ބިދޭސީ އަންހެނަކު އަރައި، މިސްކިތުގެ ހުރުމަތް ކަނޑޭފަދަ އަމަލެއް ހިންގާފައިވާ ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހެޅިފައިވަނީ އިއްޔެ ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ "ބަލަމުން" ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އެހެންނަމަވެސް އެކަމުގައި ދެދުވަސް ވެގެން ދިޔައިރު، އެއްވެސް މީހަކާ މެދު ފިޔަވަޅު އަޅާފައި ނުވާތީ އެެކަން ސާފުުކުރުމަަށް ސީއެންއެމްއިން ގުޅުމުން ފުލުހުންގެ ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ. 

މިކަމާއި ގުޅިގެން އިސްލާމިކް މިިނިސްޓްރީގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. އަދި މިކަމާ ބެހޭގޮތުން ރަސްމީ އިދާރާއަކުންވެސް އެއްވެސް އެެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން މަސްތުގެ ހާލަތުގައި މިސްކިތްތަކުގެ ހުރުމަތް ކަނޑޭފަދަ ގޮތްގޮތައް މިސްކިތު އެތެރެއަށް އިސްލާމްދީނަށް ފުރުސާރަ ކުރި އިންޑިއާ ޑޮކްޓަރަކުވެސް ޑީޕޯޓް ކޮށްލާފައެވެ.

ދެފައި ވައްކޮށްގެން ޔޯގާ ޕޯސް އަކާ އެކު އެމީހާ "މެޑިޑޭޓް" ކުރަމުންދިޔައިރު، އޭނާގެ ކުރިމަތީގައި ކޮންމެވެސް އެއްޗެއް ބާއްވާފައި އޮންނަތަން ވެސް ފެނެއެވެ. އެހެންނަމަވެސް އެއީ ކޯޗެއް ކަމެއް ވީޑިއޯއިން ސާފެއް ނުވެއެވެ. އިންޑިއާގެ ހިސާބުތަކުން ހިންދޫ ދީނުގެ މީހުން ޔޯގާ ކަސްރަތު ކުރުމަށާއި، ދީނުގެ އަޅުކަންތައް ކުރުމުގައި އެގޮތައް ތިބޭތަން ފެނެއެވެ. 

މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ދިޔުމުން ގިނަ ބަޔަކު ދަނީ ބޭރު ގައުމުތަކުގެ މީހުން މިސްކިތްތަކުގެ ހުރުމަތް ކަނޑާލާއިރު މިނިސްޓްރީން ހަނު ތިބޭތީ ވެސް އަދި އެކަންކަން ނުބެލޭތީ ވެސް ފާޑުކިޔާފައެވެ. 

މީގެ ކުރިންވެސް ބިދޭސީން މިސްކިތްތަކަށް ވަދެ މިސްކިތްތަކުގެ ހުރުމަތް ކަނޑާލާ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވެފައިވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް