
ކޮވިޑް-19ގެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ދުނިޔޭގެ 124 ގައުމަކުން މިހާތަނަށް ފެނިފައިވާއިރު، ޑަބްލިޔުއެޗްއޯ އިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ޑެލްޓާ ވޭރިއެންޓް އެން ވޭރިއެންޓުތަކަށް ވުރެ ނުރައްކާތެރިކަމަށާއި ޑެލްޓާ ވޭރިއެންޓް ފެތުރޭލެއްވެސް އަވަސް ކަމަށެވެ. އަދި ހަމަ އެޔާއެކު ޑެލްޓާ ވޭރިއެންޓް ފެނިފައިވައިވާ ގައުމުތަކުގެ ހާލަތު ދަނީ ގޯސްވަމުންކަމަށެވެ.
2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއެންޓްގެ އަސަރު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށްވެސް ކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގައި މި ވޭރިއެންޓް މިހާ ބާރުމިނުގައި ފެތުރެމުން ދާއިރު އެ ގައުމުގެ 51 އިންސައްތަ މީހުނަށް މިހާރު ވަނީ މި ވޭރިއެންޓް ޖެހިފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮވިޑް ބަލިން ދިފާއުވާން ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވީ ނަމަވެސް މާސްކު އެޅުމާއި، ސެނެޓައިޒް ކުރުމާއި، ގިނަގިނައިން އަތް ދޮވުމާއެކު މީހުން ގިނައިން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް ސިއްހީ މާހިރުން ލަފާދެއެވެ.