މަނޮޖް ބަޖްޕާއީ އަދި ނީނާ ގުޕްތާ ފެނިގެން ދާ މި ފިލްމަކީ ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ޓްރިލާއަކަށް ވެގެން ދާނެކަމަށް މި ފިލްމުގެ ޓުރެއިލާއިންވެސް ފާހަގަވެގެންދެއެވެ.
މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި އަންނަ އޮގަސްޓު މަހުގެ 6 ވަނަ ދުވަހުއެވެ. މިފިލުމުގައި ސާކްޝީ ތަންވާރުގެ މުހިންމު ރޯލެއް ފެނިގެންދާނެކަމަށް ރިޕޯޓު ކުރެވިފައިވެއެވެ. މި ފިލްމު ޑައިރެކްޓު ކުރަނީ ރެންސިލް ޑިސިލްވާއެވެ.
މި ފިލްމުގެ ޓުރެއިލާއިން ފެށިގެންދަނީ ޕޮލިސް އެމެޖެންސީ ކޮންޓްރޯލު ރޫމްއަކުންނެވެ. އެ ކޮންޓްރޯލު ރޫމަށް އަންހެން މީހަކު ގުޅާ އޭނާ ވަރަށް ބޮޑު ކުށެއް ކުރަން އުޅޭކަމުގެ އިންޒާރު އެތަނުގައި ތިބި ފުލުހުންނަށްދެއެވެ. މި އަންހެން މީހާގެ ބޭނުމަކީ އޭނާގެ މަރުވެފައިވާ ފިރިހެން ދަރިފުޅަށް އިންސާފު ހޯދާއިދިނުމެވެ. މި ފިލްމުގައި މި އަންހެން މީހާ ގެ ރޯލުން ފެނިގެން ދަނީ ނީނާ ގުޕްތާއެވެ. އަދި ފުލުހުންގެ އޮފިސަރުގެ ރޯލުން ފެނިގެން ދާނީ މަނޮޖް ބަޖްޕާއީއެވެ.
މި ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން މަނޮޖް ބަޖްޕާއީ ބުނީ މި ފިލްމަކީ ވަރަށްވެސް ތަފާތު ފިލްމެއް ކަމަށާއި މި ފިލްމުގައި ވަރަށް ހީނުކުރާ ތަފާތު ކަންތައްތަކެއް ފެނިގެންދާނެކަމަށެވެ. މީގެ އިތުރުން މި ފިލްމުގެ ޓުރެއިލާ އަށް އާންމުން ގެ ފަރާތުން ލިބިގެން ދިޔަ ސަޕޯޓާއި ދޭތެރޭވަރަށް ހިތް ހަމަޖެހޭކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އޭނާމިކަމާއި ބެހޭ ގޮތުންވާހަކަ ދައްކަމުން ބުނީ މިފިލްމަކީ އޭނާ އަށް ކުޅެވުން ވަރަށްވެސް ތަފާތު ފިލްމެއްކަމަށާއި އޭނާ ގަބޫލުކުރާ ގޮތުގައި މި ފިލްމު އާންމުންނަށް ވެސް ކަމުދާނެ ކަމަށެވެ.
މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ސޮނީ ޕިކްޗާސް ފިލްމު އިންޑިޔާ އާއި ސިދްހާތު މަލްހޮތްރާ އަދި ސަޕްނާ މަލްހޮތްރާގެ އަލްޗެމީ ފިލްމްސް އިންނެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;