ads
އިށިންދެއިނީ
ގިނައިރު އިށީނދެއިނުން ސިނގިރޭޓެއް ބުއިމެކޭ އެއްފަދަ
ގިނައިރު އިށީނދެ އިނުމަކީ ސިނގިރޭޓެއް ބުއިމުން ހަށިގަނޑަށް ގެެއްލުން ލިބޭވަރަށް ގެއްލުން ލިބޭކަމެއްކަމަށް ކަމަށް ރިސާޗްތަކުން ދައްކައެވެ

ގިނައިރު އިށީނދެއިނުމަކީ ލޭގެ ޕްރެޝަރު މަތިކުރާކަމެއްކަމަށް ބޭރުގެ ރިސާޗްތަކުން ދައްކައެވެ. ހާއްސަކޮށް މޭޒެއްގެ ކުރިމަތީގައި ގިނައިރު އިށީނދެގެން އިނުމާއި ސްކްރީނެއްގެ ކުރިމަތީގައި ގިނައިރު އިށީނދެއިނުން ހިމެނެއެވެ. އަދި މިކަމުގެ ސަބަބުން ކާޑިއޮވެސްކިއުލާ ޑިޒީޒްއާއި ކެންސަރު ޖެހުމުގެ މަގުފަހިވެއެވެ. ގިނައިރު އިށީނދެ އިނުމަކީ ހަރަކާތްކުރުމާއި ތެދުވެއުޅުމާ އަޅާބަލާއިރު ވަރަށް މަދު ހަކަތަ ބޭނުންކުރާ ކަމެކެވެ. އަދި މީގެސަބަބުން އޮބޭސިޓީއާއި ހަކުރުބައްޔާއި ކޮލެސްޓްރޯލްލެވެލް މަތިވުންފަދަ މައްސަލަތަށް ދިމާވެއެވެ.

ރިސާޗްތަކުން ދައްކާގޮތުގައި 8 ގަޑިއިރު އިށީނދެގެން އިންނަ މީހާއަށް ސިނގިރޭޓް ބުއިމުން ގެއްލުން ލިބޭވަރަށް ގެއްލުން ލިބެއެވެ. އެހެންކަމުން ދުޅަހެޔޮސިއްހަތެއް ބޭނުން ނަމަ އެއްތަނެއްގައި މާގިނައިރު އިށީނދެގެން ނީނދެ ގިނައިން ހިނގާބިނގާވެއުޅޭށެވެ.

މިދުވަސްވަރަކީ ކޮވިޑް ޕެންޑެމިކްގެ ދުވަސްވަރުކަމުން ގިނަމީހުން ވަގުތުހޭދަކުރާނީ ގޭގައެވެ. އޮފީސްގެ މަސައަކަތްތަށްވެސް ކުރަނީ ގޭގައި ތިބެގެންނެވެ. ނަމަވެސް ގިނައިރު އިށީނދެ އިނުމާއި ދުރުވާށެވެ. އިންސާނާގެ ހަށިގަނޑަކީ ކޮޅަށް ހުރިވޭގޮތަށް ހުންނަ އެއަޗެކެވެ. އަދި ހަށިހަނޑުރަނގަޅަށް މަސައްކަތް ކުރަނީވެސް އިންސާނާގެ ހަށިގަނޑު ތެދަށް ހުރުމުންނެވެ.

ގިނައިރު އިށީނދެ އިނުމުގެ ސަބަބުން އިންސާނާގެ ފައިގެ މަސްތައް ބަލިކަށިވެއެވެ. މި މަސްތަށް ބަލިކަށިވެއްޖެނަމަ ކޮޅަށްހުރުން އުނދަގޫ ވާނެއެވެ. އަދި އަނިޔާވުމުގެ ފުރުސަތުވެސް ބޮޑެވެ.

ގިނައިރު އިށީނދެ އިންނަން ޖެހޭނަމަ އެންމެ ބުއްދިވެރި ގޮތަކީ 30 މިނެޓުން 30 މިނެޓުން ތެދުވަލާ ކުޑަކޮށް ހިނގާބިނގާވެއުޅެލުމެވެ. މިއީ އިންސާނާއަށް ޖިސްމާނީ ގޮތުނާނާއި ނަފްސާނީ ގޮތުން އެންމެ ފައިދާ ކުރުވަނިވި ގޮތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް