ads
ހައްޔަރު ކުރި ތިން މީހުން
ހަަމަލާދިން މީހުން ގަބޫލުކުރަނީ ދިވެހި ބިމަކީ ކުފުރުގެ ބިމެއް ކަމަށް: ޕޮލިސް
ހަަމަލާދިން މީހުން ގަބޫލުކުރަނީ، ދިވެހި ބިމަކީ ކުފުރުގެ ބިމެއް ކަމަށް ކަމަށާއި، އެމީހުން ދިވެހި ދައުލަތް ގަބޫލުނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ރައީސް ނަޝީދުގެ ހަމަލާއާއި ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ރައީސް ނަޝީދަށް މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަކީ، ނަފްރަތުގެ ހަމަލާއެއް ކަމަށާއި، އެމީހުން ގަބޫލުކުރާ ވިސްނުމެއްގެ މައްޗަށް ވަކި ބަޔަކު ލޭ ހުއްދަކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް މިހާތަނަށް ތަހުގީގަށް ހޯދުނު ހޯދުންތަކުން ސާބިތުވާ ކަމަށެވެ. 

އެގޮތުން އެމީހުންނަކީ، ދިވެހި ބިމަކީ ކުފުރުގެ ބިމެއް ކަމަށް ދެކިގެން، ދިވެހި ދައުލަތްވެސް ގަބޫލުނުކޮށް، ވަކި ބަޔަކީ "ތޯވޫތުން" ކަމަށް ދެކޭ ބައެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ. "ތޯވޫތުން"ގެ ގޮތުގައި އެމީހުން ދެކޭ ބަޔަކީ، ރާއްޖޭގެ ރައީސުންނާއި، ފަނޑިޔާރުންނާއި، މަޖިލީހުގެ މެމްބަރުންނާއި، ފުލުހުންނާއި، ސިފައިންނާއި، ދައުލަތުގެ މުސާރަ ދޭ މަގާމުތަކުގައި ތިބޭ މީހުންކަމަށް ރިޔާޒް ވިދާޅުވިއެވެ. 

އަދި މިފަރާތްތަކަކީ ތޯވޫތުން ކަމަށް އެމީހުން އަމިއްލައަށް ކަނޑައެޅުމަށް ފަހު، އެފަދަ ފަރާތްތަަކުގެ ލޭ ހުއްދަކުރާ ކަމަށާއި، އެފަރާތްތަކުގެ މުދަލާއި، ފައިސާ އާއި، ވިޔަފާރިވެރިންގެ މުދަލުން ވިޔަފާރި ކުރުމަކީވެސް ހާލާލުކަމެއް ނޫންކަމަށް އެމީހުން ދެކޭކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ދައުލަތުން މުސާރަދީގެން ވަޒީފާތަކާއި، މަގާމުތަކުގައި ތިބޭ މީހުންގެ މުދަލަކީވެސް ހަރާމް އެއްޗެއް ކަމަށް ކަނޑައަޅައި، އެވަޒީފާތަކުން އެފަރާތްތަކުން ދުރުވާން އެ ވިސްނުމުގެ މީހުން ބާރު އަޅާކަމަށް ތަހުގީގަށް ބެލި ބެލުމުން އެގިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެެވެ. 

ރިޔާޒް ވިދާޅުވީ، އެމީހުންގެ ވިސްނުން އެގޮތަށް ބިނާކޮށްގެން އެހެންމީހުންނަށް އެވިސްނުން ފޯރުކޮށްދޭން މަސައްކަތް ކުރިނަމަވެސް އެމީހުންނަކީވެސް ދައުލަތުން ހަރަދުކުރާ ފައިސާ އެމީހުންގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ބައެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެގޮތުން ދައުލަތުން ފޯރުކޮށްދޭ އިންކަމް ސަޕޯޓްސް އެލަަވަންސް ހޯދުމާއި، އެންސްޕާ ފަދަ އިދާރާތަކަށް ހުަށަހަަޅައިގެން މާލީ އެހީތެރިކަންވެސް އެފަރާތްތަކުން ހޯދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.  

އަދި އެކަން ކުރުމަށް ގާނޫނާއި ހިލާފު ނުވަތަ ހުއްދަ ނޫން ލިޔެކިޔުންތައް ހުށަހަޅައިގެން އެކަންކަން ކުރަމުންދާކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހި ދައުލަތުގެ ފައިސާ ހަލާލު ނޫންކަން އެހެން މީހުންނަށް ދެއްކުމަށް އެމީހުން އަމިއްލަ ހާއްޖަތްތައް ފުއްދުމަށް އެކަންކަން ކުރާކަން ސިއްރުކޮށްފަ އޮންނަކަންވެސް ފާހަގަކުރެވުނު ކަމަށް ރިޔާޒް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް