ads
ޓައިގާ ޝްރޮފް
ޓައިގާ ޝްރޮފްގެ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްތައް އެނގޭތަ؟
ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އުފާވެރި ދުވަސްތަކާއި ހިތްދަތި ދުވަސްތައް ކުރިމަތިވާނެ އެވެ. ނަމަވެސް ބައެއް މީހުން އެމީހުންގެ އެންމެ ހިތްދަތި ދުވަސްތަކުގެ ވާހަކަތައް ނުދައްކާ ހުރެދާނެ އެވެ. ނަމަވެސް ޓައިގާ ޝްރޮފް ވަނީ އޭނާގެ ހަޔާތުގެ އެންމެ ހިތްދަތި ދުވަސްތައް ހާމަކޮށްފައެވެ.
Advertisement

ޓައިގާ ޝްރޮފްއަކީ މަޝްހޫރު ބޮލީވުޑް އެކްޓަރު ޖެކީ ޝްރޮފް އާއި އައިޝާ ޝްރޮފްގެ ފިރިހެން ދަރިފުޅެވެ. ޓައިގާ ޝްރޮފް ވަނީ އޭނާގެ އުމުރުން 11 އަހަރުގައި އޭނާގެ މައިންބަފައިންނަށް ކުރިމަތިވި ފައިސާގެ ދަތިކަމުގެ ސަބަބުން އޭނާ އާއި އާއިލާއަށް ދިމާވި ހިތްދަތިކަމުގެ ވާހަކަ ހިއްސާކޮށްފައިއެވެ. އަދި މި ހިތްދަތިކަމުން އަރައިގެންގޮތްވެސް އޭނާ ވަނީ ހިއްސާ ކޮށްފައެވެ.

ޖީކިއު އަށް ދިން އިންޓަވިއުއެއްގައި ޓައިގާ ބުނެފައިވަނީީ އޭރު ގޭގައި ހުރި ފަރުނީޗަރުތަކާ އެއްޗެހި ވިއްކާލި ހަނދާން ހުންނަކަމަށާއި އޭނާ ނިދާ އެނދުވެސް ވިއްކާލިކަމަށެ އެވެ. އަދި އެނދު ވިއްކާލުމުން އޭނާ ނިދީ ތަޅުންގަނޑު މަތީގައި ކަމަށާއި އެއީ އޭނާ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ކަންތައްކަމަށް އޭނާ ބުންޏެ އެވެ. 

" އެހެންކަމުން އުމުރުން އެންމެ 11 އަހަރުގައިވެސް އޭނާ ބޭނުންވީ މައިންބަފައިންނަށް އެހީތެރިވުމަށް މަސައްކަތް ކުރަން. ނަމަވެސް އެ އުމުރުގައި އަހަރެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް،" ޓައިގާ ބުންޏެ އެވެ.

މީގެ 19 އަހަރު ކުރިން، 2002 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ބޫމް" އަކީ ޓައިގާ ގެ މަންމަ އައިޝާ ޝްރޮފް ޕްރޮޑިއުސް ކުރި ފިލްމެކެވެ. މިފިލްމް ރިލީޒްކުރުމުގެ ކުރިން މި ފިލްމް ވަނީ ލީކްވެފަ އެވެ. އަދި މިކަމުގެ ސަބަބުން ފިލްމް ރިލީޒްކުރުން ހުއްޓުނު ނަމަވެސް ޓައިގާ ގެ ބައްފަ ޖޭކީ ޝްރޮފް އެކަންތަށް ހަމަޖެއްސުމަށް ފަހު ފިލްމް ރިލީޒްކުރި އެވެ. މިއީ ޓައިގާ އާއި އޭނާގެ އާއިލާ އުޅުން ހަތަރު ކޮޓަރީގެ ބޮޑު އެޕާޓްމެންޓް ދޫކޮށް ކުޑައެޕާޓްމަންޓަކަށް ބަދަލުވާން ޖެހުނު ސަބަބެވެ. 

މިހިތްދަތި ދުވަސްތައް ފިލްމް އިންޑްސްޓްރީ އާ ގުޅުމަށް ޓައިގާ އަށް ހިތްވަރު ލިބުނެވެ. އަދި އެމީހުން ކުރިން އުޅުނު ހަތަރު ކޮޓަރީގެ އެޕާޓްމަންޓް އަނބުރާ ހޯދާނެކަމަށް ޓައިގާ އޭނާގެ މައިންބަފައިން ކައިރީގައި ވައުދުވި އެވެ. އަދި ފިލްމް އިންޑްސްޓްރީ އާ ގުޅި ޓައިގާގެ ފުރަތަމަ ފިލްމުން ލިބުނު އާމްދާނީން އޭނާވާނީ މައިން ބަފައިނަށް ވީ ވައުދު ފުއްދާފަ އެވެ.

ޓައިގާގެ ބައްޕަ ބުނެފައިވަނީ އޭނާގެ ދެދަރިންނަކީ ވަަރަށް ހިތްވަރު ގަދަ ދުކުދިން ކަމަށާއި އެ ދެ ކުދިންނާ މެދު އޭނާ ވަރަށް ފަހުރުވެރިވާކަމަށެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް