ނިދީގައި ވާހަކަ ދެއްކުމަކީ ވަރަށް ގިނަ މީހުން އާންމުކޮށް ކޮށް ކުރެވޭކަމެކެވެ. އަދި ނިދިން ހޭލާއިރު ވާހަކަ ދެއްކުންކަން ގިނަ މީހުން ހަނދާނެއް ނުހުރެއެވެ.
ރިސާޗްތަކުން ދައްކާގޮތުގައި ބައެއް މީހުން ނިދީގައި ވާހަކަ ދައްކަނީ 30 ސިކުންތުވަންދެއްނެވެ. ނަމަވެސް އަނެއްބައި މީހުން ވަރަށް ގިނައިރު ވަންދެން ވެސް އެގޮތަށް ވާހަކަ ދައްކާކަމަށް ދިރާސާތަކުން ދައްކަ އެވެ.
ގިނަ މީހުން ވާހަކަ ދައްކަނީ ނިމިދިޔަ ދުވަހު އޭނާގެ ހަޔާތުގައި ވީ ކޮންމެވެސް ކަމަކާ ނުރުހުން ފާޅުކުރުމާ ބެހޭގޮތުންކަމަށް ވެސް ދިރާސާއިން ދައްކަ އެވެ. އަދި އެންމެ ގިނަ މީހުން ބޭނުން ކުރަ އެއްބަހަކީ "ނޯ" ނުވަތަ ދިވެހިން ބުނާނަމަ "ނޫން" އެވެ.
ނިދީގައި ވާހަކަ ދެއްކުމަކީ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ހުރިކަމެއް ނޫނެވެ. ނަމަވެސް ނިދީގައި ވާހަކަ ދެއްކުން ހައްލުކުރަން ބޭނުން ނަމަ މިކަންކަން ކޮށްލާށެވެ.
ފުރަތަމަ ކަމަކަށް މެނދުރުފަހުން ކެފެއިން އެއްވެސް ވަރަކަށް ބޭނުން ނުކުރާށެވެ. ކެފެއިން ބޭނުން ކުރާނަމަ ހަމަނިދި ލިބުމަށް އުނދަގޫވެއެވެ. އަދި އަވަހަށް ނިދަން އާދަކުރާށެވެ. ހަމަނިދިި ލިބޭނަމަ މީހާ ތާޒާކަންމަތީ ހުންނާނެއެވެ. އަދި ވަރުބަލިވުން ކުޑަވާނެއެވެ. މީގެއިތުރުން ސްޓްރެސްވުން މަދުކުރުމަށް މަސައްކަތްކުރާށެވެ.