ads
ކާނަލް ނާޒިމް - ފޮޓޯ: ޕީއެސްއެމް
ރާއްޖޭގައި އޮތީ މީހުނަށްތަބާވާ ފިކުރުތައް، އެމްއެންޕީ އާއި ގުޅޭ: ކާނަލް ނާޒިމް
ރާއްޖޭގައި މިހާރު ސިޔާސީގޮތުން ހުރި ފިކުރު ތަކަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ފިކުރުތަކެއް ކަމަށާއި އެކަން ދޫކޮށްލަން ޖެހޭ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު މޯލްޑިވްސް ނެޝަނަލް ޕާޓީގެ(އެމްއެންޕީ) ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެޕާޓީގައި އޮތީ ވަކި ފިލޯސަފީއެއްކަމަށެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ދެފިކުރަކީ މީހުންގެ ވަށައިގެން އެނބުރޭ ފިކުރުތަކެއްކަމަށެވެ. އަދި އެއީ ވަކިބަޔަކު ކޯޓު ލައްވައިދޭން މަސައްކަތްކުރާ ބައެއް ކަމަށާއި އެކަން އެގޮތަށް އެމްއެންޕީގައި ނޯންނާނެކަމަށެވެ.

 އަދި އެޕާޓީއަކީ ވަކި މީހެއްގެ ޕާޓީއަކަށް ނުވާނެ ކަމަށާއި އެޕާޓި އާ މީހުންގުޅެންޖެހޭ ސަބަބަކީވެސް އެއީ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިޕާޓީއަކީ ވަކިމީހެއްގެ ޕާޓީއެއްނޫން. މެދުމިނުގެ ސިޔާސަތެއް އަޅުގަނޑުމެން ގެންގުޅޭނީ. ސެންޓަ ރައިޓް ބައެއް އަޅުގަނޑުމެންނަކީ" ކާނަލް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ދެފިކުރަށް ތާއީދު ކުރަނީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ ފަންސާހަކަށް އިންސައްތަ ކަމަށެވެ. އެހެންވެ، ބާކީ ތިބި ގިނަ މީހުންނަކީ އެޕާޓީގެ ފިކުރުގައި ތިބި މީހުންކަމަށެވެ. އަދި ހުއްޓުމެއްނެތި ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި އެޕާޓީގެ އޮފީސްތައް ވަރަށް އަވަހަށް ހުޅުވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް