ވަޒީފާގައި އުޅޭ ވަގުތުތަކަކީ އެއް ބަޔަކު އެއްވެސް ބުރަ ކަމެއް ނެތި އުފަލާއެކީ ހޭދަކޮށްލާ ވަގުތުތަކެވެ. އަނެއް ބަޔަކު އެ ވަގުތު ހޭދަކޮށްލަނީ ކަންބޮޑުވުމެއްގެ ތެރޭގައި އެކަނިވެރިކަމާއި އެކީގައެވެ. ޑިއުޓީ ނިމޭނެ އިރަކަށް އިންތިޒާރު ކޮށްލަ ކޮށްލަ އެވެ.

Advertisement

ދުވާލަކު ގާތްގަނޑަކަށް އަށް ގަޑިއިރު ވަޒީފާގައި ހޭދަވާއިރު ދިރާސާތަކުން ދައްކާ ގޮތުގައި އޮފީސް "ބެސްޓް ފްރެންޑް" އެއް ހުރުމަކީ އުފާވެރިކަން ގެނުވަދީ ވަޒީފާގައި ކާމިޔާބު މީހަކަށް ވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
އެފަދަ މީހެއް އޮފީހުގައި ހުންނަ ނަމަ އެއީ ބޮޑު ނަސީބެކެވެ. އެކުގައި އުފާވެރި ވަގުތުތައް ހޭދަކޮށް ކޮފީތަކަށް ގޮސް މަޖާ މާހައުލެއް ބިނާ ކުރެވޭނެ އެވެ. އޮފީހުގައި ދިމާވާ ހިތާމަވެރި ކަންތައްތަކާއި އުފާތަކުގައި ބައިވެރިވާނޭ މީހެއް ހުންނާނެ އެވެ.
ހަމަ އެހެންމެ ގާތް އެކުވެރިއެއް ހުރުމުގެ ސަބަބުން ވަޒީފާ އަށް ދާން ފޫހިނުވެ، މަސައްކަތުގެ "ކޮލެޓީ" ވެސް ރަނގަޅު ވެއެވެ.
ދިރާސާއަކުން ދައްކާ ގޮތުގައި މަސައްކަތުގެ މާހާއުލުގައި ގިނަ އެކުވެރިން ތިބޭ ނަމަ އެއީ ގިނަ ދުވަހު އެހެން ވަޒީފާއަކަށް ނުގޮސް އެ ވަޒީފާގައި ހުރުމަ ށްވެސް މަގުފަހި ކުރުވާ ކަމެކެވެ.
އޮފީހުގައި އުޅޭ މީހުންނާއި ރަނގަޅު ގުޅުމެއް ބިނާ ނުވެ އެކަނި އުޅެން ޖެހުމުން ވެސް ވަޒީފާ އިން ވަކިވާ މީހުން މަދެއް ނޫނެވެ.