ads
ރޭގައި ހިނގި އޮޕަރޭޝަން އިން ފެނުން މަސްތުވާތަކެތި
އައްސޭރި ޖަލަށް ވައްދަން އުޅުން މަސްތުވާތަކެތި ހޯދައިފި
އައްސޭރި ޖަލުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ހޯދައި ފުލުހުންނާއި ހަވާލުކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ރޭ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ. އަދި ޖަލަށް ވެއްދުމަށް ޖަލުގައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި ހޯދީ ޖަލުގެ އޮފިސަރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައްސޭރި ޖަލަށް މަސްތުވާތަކެއްޗާއި ފޯނުފަދަ ތަކެތި ވެއްދުމަށް މީގެ ކުރިންވެސް މަސައްކަތް ކުރި އެވެ. ބައެއް ފަހަރު ބައެއް ތަކެތި ވެއްދިކަމުގެ މައްސަލަތަކެއްވެސް ފެންމަތި ވިއެވެ. އާންމުކޮށް އެތަކެތި ވައްދަނީ ވަށާފާރު މަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކައިގެންނެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެކްޓު މިހާރު ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށާއި މިމަހު 29 ގައި އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ޕޮލިހަށް ގުޅުމުން އެ ފަރާތުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް