ads
އަނިޔާވި އެމްޕީއެލްގެ މުވައްޒަފު- ފޮޓޯ: އެމްވީ ކްރައިސިސް
ކޮންޓެއިނަރުތައް މަތިން ވެއްޓުނު މީހާގެ ހާލު ރަނގަޅު: އެމްޕީއެލް
ކޮންޓެއިނަރުތަކެއް މަތިން ވެއްޓުނު މުވައްޒަފުގެ ހާލު ރަނގަޅުކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ން ބުނެފިއެވެ.

ހަރުގަނޑަކުން، އެއް ކޮންޓެއިނަރު ބަރިން އަނެއް ކޮންޓެއިނަރު ބަރިއަށް އަރަން އުޅުމުގެ ތެރޭގައި 9 ފޫޓް މަތިން އޭނާ ވެއްޓި އަނިޔާވެފައިވާއިރު، މިހާދިސާ ހިނގީ އިއްޔެގެ އިރުއޮއްސި 6:20 ހާއިރު ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

އަދި މި ހާދިސާގެ ތެރެއިން އޭނާގެ ވާތު އަތް ވިދި، ކުޑަ ހުޅާއި އުޅަނބޮށީގެ ދެމެދުވާ ކަށިގަނޑު ބިންދައިގެން ގޮސްފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.

އަދި ވީހާވެސް އަވަހަކަށް އޭނާއަށް ފަރުވާދިނުމަށް އެކުންފުނިން ހަރަކާތްތެރިވިކަމަށާއި، މިވަގުތު އޭނާ ދަނީ ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެމްޕީއެލްގައި މަސައްކަތް ކުރާ މަޖޫރީންނަށް ދިމާވާ މިފަދަ ހާދިސާތައް ގިނަވުމާއި ގުޅިގެން އެމްޕީއެލްއިން ދަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ރައްކާތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުން ކަމަށް އެކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް