ads
އާލިއާ ބަޓް
މި ފިލްމުތައް އާލިޔާއަށް ނުކުޅެވުނީ ކީއްވެ؟
މަޝްހޫރު ފިލްމީ ތަރި އާލިއާ ބަޓް ބޮލީވުޑަށް އައީ ކަރަން ޖޯހަރްގެ ފިލްމެއް ކަމަށްވާ "ސްޓޫޑެންޓް އޮފްދަ އިޔާ" އިން ނެވެ.

އަދި އެފިލްމު ހިޓަކަށް ވުމުގެ އިތުރުން އާލިޔާގެ އެކްޓިން ސްކިލްތަކުން ގިނަ ބައެއްގެ މަގުބޫލުކަންވެސް އާލިޔާ ހޯދިއެވެ.

އަދި މި ފިލްމއިއެކު ގިނަ އަދަދެއްގެ ފިލްމުތަކެއް ކުޅުމަށް އޭނާއަށް ފުރުސަތު ލިބެން ފެށިއެވެ. އަދި މި ފުރުސަތާއިއެކު "ރާޒީ" އާއި "އުޑްތާ ޕަންޖާބް" ގެ އިތުރުން "ގަލީބޯއި" އާއި "ހައިވޭ" ފަދަ ފިލްމުތަކުން އާލިޔާ ފެނިގެންދިޔައެވެ.

ގިނަ ފިލްމުތަކެއް ކުޅުނުނަމަވެސް އާލިޔާ ވަނީ އޭނާއަށް ލިބުނު ފިލްމުތަކުގެ ތެރެއިން ބޮލީވުޑްގައި ހިޓްވި ފިލްމުތަކެއް ކުޅުމުގެ ފުރުސަތު ލިބުމުންވެސް އެފިލްމުތައް ނޫނެކޭ ބުނެފައެވެ.

މިގޮތަށް އާލިޔާއަށް ކުޅެން ލިބުނު އެއް ފިލްމަކީ "ރާބްތާ" އެވެ. ފިލްމުގެ ޑައިރެކްޓަރު އެންމެ ފުރަތަމަ އާލިޔާއަށް އެ ޕްރޮޖެކްޓު ދޭން ނިންމި ނަމަވެސް، ގިނަ ފިލްމުތަކެއް ކުޅުމުގައި ބިޒީވުމުގެ ސަބަބުން އޭނާ އެ ފިލްމަށް ނޫނެކޭ ބުންޏެވެ.

އިންޑިޔާގައި ދިމާވި ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމު "ނީރްޖާ" އަކީވެސް މިލިސްޓުގައި ހިމެނޭ ފިލްމެކެވެ. މި ފިލްމު އެންމެ ފުރަތަމަ އާލިޔާ ކުޅުމަށް ހަމަޖެހުނު ނަމަވެސް، ނީރްޖާ ކުޅުމަށް އާލިޔާގެ އިސްކޮޅު ނުހުންނަކަމަށް ބުނެ އާލިޔާގެ ބަދަލުގައި ސޯނަމް އެ ފިލްމަށް ކާސްޓު ކުރިއެވެ.

"ތަގްސް އޮފް ހިންދުސްތާން" ގެ ލީޑް ރޯލް ކުޅެން ލިބުނު ނަމަވެސް އާލިޔާ އެފިލްމަށް ނޫނެކޭ ބުންޏެވެ. ސަބަބެއްކަމަށް އާލިޔާ ބުނީ ފިލްމުގައި އޭނާއަށް ލިބުނު ލީޑްރޯލްއަށް މާބޮޑު އަހަންމިއްޔަތުކަމެއް ނުލިބުމެވެ.

"ސާހޯ" ވެސް އެންމެ ފުރަތަމަ ލިބުނީ އާލިޔާ އަށެވެ. އެހެންނަމަވެސް އޭނާ މި ފިލްމު ނުކުޅެން ނިންމީ އަންހެން ލީޑްރޯލް ފިރިހެން ލީޑް ރޯލަށް ސަޕޯޓުކުރާތީކަމަށް ބުނެއެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދި "ގޯލްމާލް" އަކީ ކޮމެޑީ ޑްރާމާއެކެވެ. އެޑްރާމާގައި ޕަރިނީތީ ކުޅެފައިވާ ރޯލަކީ އެންމެ ފުރަތަމަ އާލިޔާއަށް ލިބުނު ރޯލެކެވެ. އެހެން ނަމަވެސް އެދުވަސްވަރު އާލިޔާ މަސައްކަތް ކުރުމަށް ގިނަ ޕްރޮޖެކްޓުތަކެއް ހުރުމުން އޭނާއަށް އެ ފިލްމެއް ނުކުޅެވުނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް