ads
މަރަދޫ ސިއްހީ މަރުކަޒު- ފޮޓޯ:މަރަދޫ ސިއްހީ މަރުކަޒު
އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒު ބަންދުކޮށްފި
އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެވުނު މީހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށުގެ ސިއްހީ މަރުކަޒު ބަންދުކޮށްފިއެވެ.

މަރަދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނީ މަރަދޫގައި އެޑްމިޓްކުރި މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ހޮސްޕިޓަލުގެ ގިނަ މުވައްޒަފުންތަކެއް ޑައިރެކްޓު ކޮންޓެކްޓުވެފައިވާއިރު، އެރަށު ސިއްހީ މަރުކަޒު ބަންދުކުރީ 3 ދުވަހަށް ކަމަށެވެ.

އަދި އެމަރުކަޒުގެ ގިނަ ބަޔަކު ބަލިމީހާއާއި އެއްތަންވެފައިވާކަމަށާއި، އަންނަ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް އެރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތްތައް މެދުކަނޑާލާފައިވާނެކަމަށް މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން އެ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށްފަހު ނެގެޓިވް ނަތީޖާއަކާއިއެކު މަރުކަޒުގެ ހިދުމަތް ވީހާވެސް އަވަހަކަށް ދިނުމަށް ފަށާނެކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ދަނޑިވަޅުގައި އެރަށު ސިއްހީ މަރުކަޒުން ހިދުމަތް ދިނުމާ ހަމައަށް، ބަލިވެގެން ފަރުވާ ހޯދަން ޖެހިއްޖެނަމަ އެންމެ ކައިރީގައި ހުރި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނަކަށް ގޮސް އެހިދުމަތް ހޯދުމަށް އެ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް