ads
ޝިލްޕާ އާއި ރާޖް
އަހަރެމެން އަތުގައި ހުރިހާ އެއްޗެއްވެސް އެބަހުރި ދެންކީއްވެ؟: ޝިލްޕާ
ޖުލައި މަހުގެ 19 ވަނަ ދުވަހު ބޮލީވުޑްގެ ކުޅަދާނަ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ރާޖް ކުންދުރަ، ބަރަހަނާ ފިލްމް އުފައްދާ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާއި ގުޅިގެން ޝިލްޕާ މިވަނީ އެނާގެ ހިތުގެ ޝަކުވާތައް ބަންޑުންކޮއްލާފައެވެ.

ރާޖް ހައްޔަރުކުރެވުމާއިއެކު ގިނަ ބައެއްގެ ނަފްރަތާއި ބަހުގެ ހަމަލާތައް ރާޖްގެ އިތުރުން ޝިލްޕާ އަށްވެސް އަންނަނީ ރައްދުވަމުންނެވެ. ބަރަހަނާ ފިލްމް އުފައްދާ ވިއްކުމުގެ ތުހުމަތުގައި ރާޖް ހައްޔަރު ކުރި ވާހަކައަކީ މިހާރު ބޮލީވުޑްގައިވެސް އެންމެ ހޫނު އެއް ޚަބަރެވެ. މި މައްސަލަޔާއި ގުޅިގެން ޝިލްޕާ އަށްވެސް ވަނީ ވަރައްގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. 

 ރާޖްގެ މި އަމަލުގައި ޝިލްޕާގެ ވެސް ބައިވެރިވުން އޮންނާނެކަމަށް ގިނަ ބަޔަކު ގަބޫލްކުރެއެވެ. ގިނަ ބަޔަކު މި މައްސަލައިގައި ޝިލްޕާގެ ބައިވެރިވުމެއް ވެދާނެތޯ ސުވާލު އުފައްދަމުން ދިއުމާއި ގުޅިގެން ކްރައިމް ބްރާންޗްގެ ޖޮއިންޓް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ބަރަހަނާ ފިލްމް އުފެއްދުމުގައި ފިރިމީހާ ރާޖް އާ އެކު ޝިލްޕާގެ އެއްވެސް ބައިވެރިވުމެއް ވާކަން މިހާތަނަށް ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެނގިފައި ނުވާކަމަށްވެސް ބުނެފައެވެ. އެހެނަނަމަވެސް ރާޖްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ހެކި ލިބިފައިވާކަމަށް ޕޮލިހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލާގައި ޝިލްޕާގެ ބައިވެރިވުމެއް ނެތް ނަމަވެސް މި މައްސަލާގެ އަސަރު ޝިލްޕާގެ ކެރިއަ އަށް ކުރާނެކަމަށް ގިނަ ބަޔަކު ލަފާކުރާއިރު، ޝިލްޕާވެސް މިވަނީ އޭނާގެ ކެރިއަ އަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނެފައެވެ. 

ޖުަލައި މަހުގެ 23 ވަނަ ދުވަހު ރާޖް ކުންދުރަ އާއި ޝިލްޕާ ޝެޓީ ދިރުއުޅޭ ގެއަށް، ފުލުހުންގެ ބެލުމުގެ ދަށުން ރާޖް ގެނެސް ގެ ބަލާ ފާސްކުރުމުގެ ތެރޭގައި ޝިލްޕާ ވަނީ ރާޖް އާއި ދިމާލަށް ހަޅޭލަވާ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮއްލާފައެވެ. 

ޝިލްޕާ ވަނީ "އަހަރެމެން އަތުގައި ހުރިހާ އެއްޗެއްވެސް އެބަހުރި ދެންކީއްވެ؟" މި ސުވާލު ރާޖް އާއި ކޮއްފައިކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ދެން މީ ކޮންކަމެއްތޯވެސް ޝިލްޕާ ވަނީ ސުވާލުކޮށްފައެވެ. 

ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފަވަނީ ފިރިމިހާ ރާޖް ފެނުމުން ޝިލްޕާ ހުރީ ރޮވިފައިކަމަށެވެ. އަދި ޝިލްޕާ ވަނީ މި މައްސަލައިގެ ސަބަބުން މުޅި އާއިލާގެ އަގު ވެއްޓި އިންޑަސްޓްރީގެ ހުރިހާ މަސައްކަތެއް ހުއްޓި، ގިނަ ޕްރޮޖެކްޓުތަކެއް ދޫކޮއްލަން ޖެހިފައިވާކަމަށާއި، އާއިލާ އަށް ފައިސާ ލިބޭނެ އެއްވެސް މަގެއް މިހާރު ފެންނަން ނެތްކަމަށް ވެސް ބުނެފައެވެ. 

48%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް